ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި އަޑުއެހުންތައް ނިންމާނީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް، އެ މައްސަލައިގައި ހުކުމް ކުރުމުގެ އަޑުއެހުން އޮތީ މިއަދު އެވެ.

ރައީސް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

އެ މައްސަލާގައި ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒްގެ ރައުޔު އެއްގޮތްވިއިރު، ފަނޑިޔާރު ޝަހީދުގެ ރައުޔު ތަފާތެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ފަނޑިޔާރު އިއްވަނީ.

އެ މައްސަލަ ހައިކޯޓުން ދެމެހެއްޓިއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. ތަފުސީލް އަންނަނީ