ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ބިލްޑިން ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައި ވަނީ ގުދަނެއްގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މިތަނަކީ މީހުން ދިރި ނޫޅޭ ތަނެއް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށެވެ.
ރޭ ފަތިހު ވެސް މާލޭގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިންގައިފަ އެވެ. އެ ހާދިސާގައި ވެގަ ޕޮއިންޓް ފިހާރަ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި