މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކުގައި ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ހަރަކާތްތެރިވާއިރު، ވޯޓާ ގުޅޭ ކަންކަން އަދި ނުނިމޭތީ ކަމަށެވެ. އެ ގޮތަށް ރައީސް ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެކެވެ. އާންމުގޮތެއްގައި އިންތިހާބާ ގުޅިގެން ސަރުކާރު ބަންދު ކުރަނީ އެއް ދުވަހަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.