އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްގަލަކަށް އަރައި، ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެގޮތަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓުންނެވެ.
މިގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މާދަމާ ހެނދުނު ކަމަށެވެ.
"އަޅުގަނޑުމެން މިހާ ހިސާބުން މި ޖަލްސާ މެދުކަނޑާލާނަން. ދެން އަޅުގަނޑުމެން ބައްދަލުވާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މި ގަރާރާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ މަސައްކަތް މާދަމާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު މި ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަންވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބު ވަހީދުގެ ސަރުކާރުގަ އިންތިހާބު ލަސްކުރިހެން ލަސްކޮށްގެން ވިއަސް ތގިކަން ކުރަން މިކަން ނުފޮރޮއްޕާނަކަށް ވެއްޖެނޫން
ބަރުލަމާނީ ނިޒާމެއް އޮތް ނަމަވެސް މަޖްލީހުގެ މެމްބަރުންނަށް އަންނަންވާނީ ދާއިރާގައި ވޯޓް ލާމީހުންގެ %75 އަށް ވުރެން މަތީ ވޯޓް ލިބޭ މީހަކު މައްސަލަ އެއް ނެތޭ 10 ބުރު ވޯޓް ލާން ޖެހުނު ނަމަވެސް މިހާރު މަޖްލީހުގެ މެމްބަރުންނަކީ އެއީ ވޯޓްލާ މީހުންގެ ވަރަށް ކުޑަ ފްރެކްޝަން އަކުން އަންނަ ބަޔަކަށް ވާއިރު އެމެންނަށް ބައިނަލް އަގްވާމީ މިންގަޑެއް ކަނޑައަޅާ ނުކިޔޭނެއޭ މަޖްލީހުގެ މެމްބަރެކޭ އެއީ ގާފިލާ އަކުން ނުވަތަ އާއިލާ އެއް ތަމްސީލް ކުރާ މީހަކަށޭ ބެލެވޭނީ
ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކަމެއް ޓެކްސް ބޮޑުކުރުމާއި ކޮތަޅުން ޓެކްސް ނެގުން މިކަން ކަން ކުރުން އެއީ އެންމެ ރަނގަޅު ކަމެއްތޯ ބަލަން މަޖްލީހުގެ މެމްބަރުން ފާސްކޮށްގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީ ނޫންތޭ ރައްޔިތުން ހަނާވަނީއޭ އާންމުން އަތްމަތި ހުސްވެއްޖެއޭ ޖީއެސްޓީ އާއި ކޮތަޅު ޓެކްސް ދައްކާ ހެޔޮނުވާނެއޭ ހާދައޭ އަނިޔާވެރިވެފައި އަމިއްލަ އެދުން ބޮޑީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ރައްޔިތުންނަށް ފައިދާ ވާ އެއް ކަމެއްވެސް ނުކުރެއޭ ހާދަ އަނިޔާވެރި ބައެކޭ ޑިމޮކްރެޓްސް އާއި އެމްޑީޕީ