ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުަމށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބުގެ ގަރަރުގައި ފުރަތަމަ ހުށަހެޅީ ނޮވެމްބަރު 30 ގެ ކުރިން ފެންނަނ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އިސްލާހުގައި ވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
އެ އިސްލާހާ އެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.
ނިޒާމީ ވޯޓެއް ނެގުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ.
ނިޒާމީ ވޯޓާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ ނިޒާމީ ވޯޓު ނަގަން އެއްބަސް ވެވޭނީ ރިޔާސީ އިންތިހާބުގެ ފަހުން ކަމަށެވެ.
ނިޒާމީ ވޯޓު ނެގުމަށް އިދިކޮޅު ޕީޕީއެމް އިންވެސް ތާއިދު ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުންނެވެ.
ބަރުލަމާނީ ނިޒާމް ހިންގީ ކެނެރީގެ ނަޝީދުގެ ވެރިކަމުގައޭ އެކަން ފެނުނެއް ނޫންތޭ އަލްހާން ފަހުމީ ގަނެލާ އަދި އަލީ ވަހީދަށް 100 މިލިއަން ރުފިޔާ ދީގެން ގަނެލާ އެމްޑީޕީން މަޖްލީހުގެ މެޖޯރިޓީ ނެގިތަން މަޖްލީހުގެ ގޮނޑި ގަތް ތަނޭ ފެނުނީ ދެން ފެނުނީ ޖީއެމްއާރަށް ރާއްޖޭގެ އެއާރޕޯރޓް ވިއްކާލާ ކޮންމެ މަހަކު ޖީއެމްއާރު މެދުވެރިކޮށް އެމްޑީޕީ އަށް 100 މިލިއަން ޑޮލަރު ދިން ތަނޭ މިތަނޭ ދެން ވެސް ފެންނާނީ ބަރުލަމާނީ ނިޒާމެއްގައި ބުނަން އިނގޭހާ ވެސް އެއްޗަކީ ބަރުލަމާނީ ނިޒާމް އެއީ ވަގުން މަޖްލީހަށް ވަދެ ވައްކަން
ބަރުލަމާނީ ނިޒާމުން މިރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާ އަށް އޮންނާނެއޭ އޭގެ ކިއްލާ އަކަށް އެއިރުން ބަދަލު ވާނީ ސީދާ މިރާއްޖޭގެ މަޖްލީހޭ މިކަން ދަންނާތި ރައްޔިތުންނޭ މަމެންނަށް ބުނަން އިނގޭހާ ވެސް އެއްޗަކީ މަޖްލީހުގެ މެމްބަރުން އެމެންނަކީ އެއީ ރައްޔިތުންގެ ކަންބޮޑުވުމަށް އެއްވެސް ފަރުވާ އެއް ގެނެސްދޭ ބައެއް ނޫނޭ މަމެންނަށް ބުނަން އިނގޭހާ ވެސް އެއްޗަކީ އެމެން އޯލް އައި ވޮނާ ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އަރާ ފުންމައިގެން އެސް އެސް މޭޒު މައްޗަށް އަރާ ނަށާލާ ނަށާލާ
ބަރުލަމާނީ އަކީ އެއީ ސީދާ ރައްޔިތުންގެ ބާރު ކެނޑިގެންދާނެ ކަމެކޭ މިހާރު ރައީސް އިބޫ ބިރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ތައް ހައްލު ކޮށްދޭނެ ކަމަށް ވައުދު އެވަނީ ކިއެއްވެތޭ އެއީ ބިރުންނޭ އެއީ ހުރިހާ ރައްޔިތުންގެ ވޯޓަކުން އޭނާ ހޮވަން ޖެހޭތީވެ ވެރިކަން ނުލިބިދާނެތީވެ ހޭބަލިވަނީއޭ ބަރުލަމާނީ ގައި މަޖްލީހަށް ހޮވާނީ އާއިލާ އަށް ބަލައިގެންނޭ އެއީ ސީދާ ރައްޔިތުންގެ ވޯޓަކުން އަންނަ ބައެއް ނޫނޭ އަދި ވޯޓްލާ މީހުންގެ %50 ނުލިބިއޭ މަޖްލީސް މެމްބަރުކަން ކުރާނެއޭ އެއިރުން ރައްޔިތުންގެ ސީދާ ވޯޓަކުން