ވިސާ ލިބުމުގައި އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް ލަސްވުމަށް ފަހު ވިސާ ހަމަޖެހި ޕާކިސްތާނުގެ ކްރިކެޓް ޓީމް އިންޑިއާ އަށް ހިނގައްޖެ އެވެ.
އައިސީސީ އިންޓަނޭޝަނަލް ފިރިހެނުންގެ ކްރިކެޓް ވޯލްޑު ކަޕަގައި ކުޅެން ޕާކިސްތާނުގެ ޓީމް އިންޑިއާ އަށް މި ދިޔައީ ހަތް އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ.
ޕާކިސްތާނުގެ އެކުވެރިން ހަތް އަހަރަށްފަހު އިންޑިއާ އަށް ދިއުމުން މަރުހަބާ ކިޔައި އެ ގައުމުމުގެ ކްރިކެޓް ތަރި ވިރާތު އެކްސް (ޓުވިޓާ) ގައި އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށް ލިޔެފައިވެ އެވެ. އޭނާ އިތުރަށް ލިޔުނު ގޮތުގައި އެޓީމަށް، ޚާއްސަކޮށް އޯލް ރައުންޑަރު ޝަތާބު ޚާނަށް މަރުހަބާ ކިއުމަށް ޚާއްސަ ޕާޓީއެއް އޭނާގެ ގޭގައި ބާއްވާނެ އެވެ.
ޕާކިސްތާނުގެ ޓީމު އެއާޕޯޓުން ނިކުތް އިރު އެޓީމުގެ ސަޕޯޓަރުން ހޫނު ތަރުހީބާ އެކު ބައްދަލު ކުރާ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
ނަވާރަ ސަތޭކަ ސާޅީސް ހަތް ވަނަ އަހަރު ޕާކިސްތާނާއި އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހުން ދެ ގައުމުގެ ދެމެދުގައި އޮންނަ ވާދަވެރިކަމަކަށް މަޑު ޖެހުމެއް ނާދޭ އެވެ. މި ދެ ގައުމުގެ ދެމެދުގައި މިހާތަނަށް ތިން ފަހަރު ހަނގުރާމަ ހިނގައިފައިވެ އެވެ. އިންޑިއާގެ ފަސްގަނޑުގައި އެންމެ ފަހުން ޕާކިސްތާނުގެ ގައުމީ ޓިމުން ކުޅެފައި ވަނީ 2016 ވަނަ އަހަރު ޓީ 20 ވޯލްޑަ ކަޕު ގަ އެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާގައި ކުރިއަށް ދާނީ އޮކްޓޯބަރު 5 އިން ނޮވެމްބަރު 19 އަށެވެ.
 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި
			ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					