ވެރިކަމުގެ ޒިންމާ ހަވާލުކޮށްފިނަމަ މިސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ހުރިހާ ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއްކޮށްދެއްވާނެ ކަމަށާ ހާރިޖީ ސިޔާސަތުވެސް ވާނީ ދިވެހީންނަށް އިސްކަންދޭ ހާރިޖީ ސިޔާސަތު ކަމަށް ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިންމުމަށް މިއަދު ހަވީރު ބޭއްވި ހިނގާލުމަށްފަހު ބައިވެރިންނާ މުހާތަބުކުރައްވާ މުއިއްޒު ވިދާޅުވީ މިސަރުކަރުން ގެންގުޅެ އަދުލުވެރިކަމުގެ ނިޒަމަކީ ހަމަ އެކަނި ފޮތެއްގައި ލިޔެފައި އޮންނަ އެއްޗެއް ކަމަށެވެ. ސަރުކަރުގެ އަނިޔާވެރިކަން ނިމުކަމަށް ގެނެސް އިންސާފާ ހަމަހަމަކަން އޭގެ ހަގީގީ މާނައިގާ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ހުރިހާ ރައްޔިތުންނާ ދޭތެރޭ އަމަލު ކުރަނީ ހަމަހަމަ ކަމާ އިންސާފުންނޭ ދަންނަވަން ކެރޭ ރައްޔިތުންގެ ސަރުކާރެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިހާރު ގައުމުގައި މިނިވަންކަން އޮތް ހިސާބުން ދިވެހީންގެ އަމިއްލަވަންތަކަން ގެއްލި ބޭރުބައެއްގެ ނުފޫޒުފޯރަފައިވާ ކަމަށާ މާދަމާގެ ނިންމުމަކީ ގައުމުގެ މުސްތަގުބަލް ކަނޑައަޅަ ނިންމުމެއް ކަމަށާ ވިސްނުންތެރިކަމާ އެކު ވޯޓު ދެއްވުމަށް މުއިއްޒު ގޮވާލެއްވި އެވެ.
"މާދަމާގެ ނިންމުމަކީ ގައުމުގެ މުސްތަގުބަލް ކަނޑައަޅަ ނިންމުމެއް ގައުމުގަ މިއަދު އަމިއްލަވަންތަކަން އަމިއްލަ ބަރު ނެތިގެންގޮސް މުސްތަގުބަލް ތާއަބަދަށް ބަނަވުމާ ހިސާބަށް މިއޮތީ ގޮސްފައި އެހެންވެ އެންމެ އިސް އެންމެ ބޮޑު ޒިންމާއަކަށް ވާނީ ހާރިޖީ ސިޔާސަތު ދިވެހިންނަށް ފަހިވާގޮތަށް ބައްޓަން ކުރުން" މުއިއްޒު ވިދޅާުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ދެން ތިބެވޭނީ ދިވެހި ސިފައިން ކަމަށާ ބޭރު ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. ތަރައްގީއާ ހުރިހާ ކަމެއް ބައްޓަން ކުރުމުގަ ދިވެހީންނަށް އިސްކަން ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އާން އެއި ޔާމީނަށް އެކި