މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނާކާމިޔާބުވެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމަށް ބުނެ، ތާއަބަދު ކެނޑިނޭޅި ދޮގު ފަތުރާ ނޫހަކުން ލިޔެފައިވާ ހަބަރަކީ އެބޭފުޅުންގެ ފިތުނަ ދޮލަނގަށް އިތުރު ކުރި އައިޓަމެއް ކަމަށެވެ.
"ކަނޑައެޅިގެން ހުރި ރޯމަރު ބުހުތާނު ދޮގެއް!" އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ހަބަރެއްގައި ބުނެފައި ވަނީ އިމްރާން އަދި އޭނާގެ އަނބިކަނބަލުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޔުމްނާ ރާއްޖެ އިން ފުރާވަޑައިގަތުމަށް ޓިކެޓު ނަންގަވާފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުން ވެސް މާދަމާ ރޭގެ ވަގުތެއްގައި ތުރުކީ އަށް ފުރާވަޑައިގަންނަވާ ގޮތަށް އޮތް ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑްކޮށްފި
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް