މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މިހާތަނަށް އައިރު 149،524 މީހުން މީހުން ވޯޓުލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މެންދުރު 1:00 އާ އާހަމައަށް 53 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ 73،234 އަންހެނުންނާއި 76،290 ފިރިހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިފައިވާ އަދި މިހާތަނަށް 133،280 މީހުން ވޯޓު ނުލާކަމަށް އީސީން ބުނެ އެވެ.
މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެ އެވެ. އެންމެ ފަހުން ވޯޓުލާން ފެށީ އަބޫދާބީ އަދި ލަންޑަންގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އައިރު އެހާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދަނީ އަމާންކަމާއެކު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ހަމަހިމޭން ކަމުގައި ވަގުތު ހޭދަ ކުރަން ހިތް ނުތަނަވަސްވޭތަ؟
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!