ގދ. ވާދޫގައި ބަހައްޓަފައި ހުރި ވޯޓު ފޮއްޓެއް އެއްލާލައި ވޯޓު ފޮށި ފަޅާލި މީހާގެ ބަންދަށް ދެ މަސް ދުވަސް ޖަހައިފި އެވެ.
ގދ. ވާދޫގައި ވޯޓު ފޮއްޓަކަށް ގެއްލުން ދިނީ ވޯޓުލާ ކިޔޫ ބަންދު ކުރި ފަހުން ވޯޓު ލާން ދިޔަ މީހެކެވެ.
އޭނާ ވޯޓު ފޮށި ނަގާ އެއްލާލުމުގެ ސަބަބުން ވޯޓު ފޮށިގައި ހުރި ވޯޓު ކަރުދާސްތައް ވަނީ ބިންމައްޗަށް އެޅިފަ އެވެ.
އެމީހާ ވޯޓު ފޮށި ނަގާ އެއްލާލީ އައިޑީ ކާޑު ނުގެންދާތީ، ކިއޫ ބަންދުކުރިއިރު އޭނާއަށް ވޯޓު ނުލެވުމުންނެވެ.
ފުލުހުން ވަނީ އެ މީހާ އެތަނުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެކެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހާގެ ބަންދުގައި ބަހައްޓަން ދެ މަސް ދުވަސް ޖަހައިފަ އެވެ.
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
