ބޮލީވުޑްގެ ސެލެބްރިޓީ ޗެޓް ޝޯވް "ކޮފީ ވިތު ކަރަން" ސީޒަން 8 އާއެކު ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެފައިވާއިރު އެ ޝޯގައި މިފަހަރު ފެނިގެންދާނެ މެހެމާނުންނާ ބެހޭ ގޮތުން އިންޓަނެޓްގައި މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން އެ ޝޯއިން ފެނުމުގެ ފުރުސަތު އޮތް ބައެއް ތަރިންނަށް ބަލާލާނަމެވެ.

ޝާހްރުކް ޚާންއާއި ސުހާނާ ޚާން

ޝާހްރުކް ޚާންއާއި ސުހާނާ ޚާން

ޝާހްރުކް ޚާންއަކީ ފެށުނީއްސުރެ ކޮފީ ވިތު ކަރަންގެ ސޯފާއިން ގަވާއިދުން ފެންނަ ތަރި އެކެވެ. އެހެން ނަމަވެސް މި ސީޒަން ވެގެންދާނީ ވެބް ސީރީޒް "އާޗީސް"އިން އަލަށް އެކްޓިންއަށް ތައާރަފްވި ޝާހުގެ އަންހެން ދަރިފުޅު ސުހާނާ އެ ޝޯއިން ފެންނާނެ ފުރަތަމަ ފަހަރަށެވެ. އެދެބަފައިން އެކުގައި ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށް ބުނެވެ އެވެ.

ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީ

ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީ

މިފަހުން ކައިވެނިކުރި ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މިހާރު ބުނެވޭ ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީއަކީ މިފަހަރުގެ މެހެމާނުންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ދެ ނަމެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ދެތަރިން ވަނީ ބޮލީވުޑްގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.

އައްލޫ އަރްޖުންއާއި ރާމް ޗަރަން

އައްލޫ އަރްޖުން

މިހާރަކަށް އައިސް ބޮލީވުޑްގެ ހަބަރުތަކުން ޖާގަހޯދާ އެއް ބަޔަކީ ދެކުނު އިންޑިއާއަށް ނިސްބަތްވާ ތަމަޅަ އެކްޓަރުންނެވެ. އެގޮތުން އައްލޫ އަރްޖުންއާއި ރާމް ޗަރަން ޖޫނިއާ އެންޓީއާރް ފަދަ ތަރިންނަކީ ވެސް މިފަހަރު ކޮފީ ވިތު ކަރަންގެ ސޯފާއިން ފެނުން ގާތް ތަރިންނެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް

ރަންބީރު ކަޕޫރާއި އާލިއާ ބަޓް

ދާދި ފަހުން ކައިވެނިކޮށް އަލަތު ދަރިފުޅު ވެސް ލިބިފައިވާ މި ދެތަރިން އެކުގައި ޝޯއިން ފެނުން ވަރަށް ގާތް ކަމަށް ހަބަރުތައް ބުނެ އެވެ. މީގެ ކުރިން މި ދެތަރިން ވެސް ވަނީ ވަކިވަކިން ކޮފީ ވިތު ކަރަންގެ އެކި ސީޒަންތަކުން ފެނިގެން ގޮސްފަ އެވެ.