ފަލަސްތީނަށް އެހީވުމަށް ދިވެހި މަސްދޯނިތަކުން މިއަދު އެކަނި 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް މިއަދު އެހީވި ގއ. ކޮލަމާފުށި "ރާސްތާ" ދޯނިން ވަނީ 127،433ރ. ހަދިޔާކޮށްފަ އެވެ. މިއީ މިއަދު އެންމެ ގިނައިން އެހީވި ދޯންޏެވެ.
ގއ. މާމެންދޫ ދުވެލި 6 ދޯންޏާއި ހުޝިޔާރު ދޯނިން ކުރެ ކޮންމެ ދޯންޏަކުން ވަނީ 25،000ރ. ހަދިޔާކޮށްފަ އެވެ.
ގއ. ކަނޑުހުޅުދޫ މަސް ދޯންޏަކުން ބޭނި ދެ ޓަނުގެ މަހަށް ވާ 50،000ރ. ވަނީ މިދިޔަ ހަފުތާގައި އެ ފަންޑަށް ޖަމާކޮށްފަ އެވެ. އަދި އެއަަތޮޅު ވިލިނގިލީ މަސް ދޯންޏަކުން ވެސް ވަނީ ގިނަ އަދަދެއްގެ ފައިސާ ފަލަސްތީނަށް ހަދިޔާކޮށްފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމާ ދެކޮޅުގެ ހެދުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ.
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
