އާސަންދަ އިން ބޭސް ނަގާއިރު ފޯނަށް އަންނަ ޑިސްޕެންސް ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަށް ހަދައިފި އެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ ހޮސްޕިޓަލަށް ދެއްކުމަށް ފަހު ހޮސްޕިޓަލްގައި އިންނަ ބޭސް ފިހާރައިން ބޭސް ނުނަގާ ބޭރުގައި ހުންނަ ފާމަސީއަކަށް ބޭސް ނަގަން ދާއިރު ހޮސްޕިޓަލްގެ ބެސް ފިހާރައިން ބޭސް ނެގިކަމަށް ދައްކާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ ޑިސްޕެންސް ކޯޑު ޖަހައިގެން ނޫނީ އާސަންދައިން ބޭސް ނުނެގޭ ގޮތަށް ހެދީ އެފަދަ ޝަކުވާތައް ހުށަހެޅޭ މިންވަރު އިތުރުވާތީ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭސް ނަގާއިރު އައިޑީ ކާޑު ބޭނުންވިޔަސް މިހާރު ބޭސް ނަގާއިރު ބޭނުންވަނީ ހަމައެކަނި ބޭސް ސިޓީ އެވެ.
ކުރިއަށް އޮތް ތަނުގައި ހުރިހާ ބޭސް ފިހާރައަކުން ވެސް ބޭސް ނަގާއިރު ފޯނަށް އަންނަ ޑިސްޕެންސް ކޯޑު ޖަހަން ޖެހޭނެ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ނިމުނީ: ޓްރަމްޕް
އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ދޭނަން: ޓްރަމްޕް
ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވޭ: އެމްޑީޕީ
