ކާތިކް އާރްޔަންއަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ މަގުބޫލު އެއް ތަރި އެވެ. އޭނާގެ ލޯބީގެ ހަޔާތަކީ އަބަދުވެސް ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ ވާހަކަތަކެކެވެ.
މިފަހަރު މިއޮތީ ވެސް އެފަދަ ވާހަކަ އެކެވެ. އެވޯޑް ހަފްލާއެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ކާތިކް ވަނީ އޭނާގެ ލޯބިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތައް ކިޔައިދީފަ އެވެ.
އެގޮތުން ކާތިކް ބުނެފައިވަނީ އޭނާ ބޭނުންވަނީ ކަރީނާ ކަޕޫރު ޚާންއާއި ޕްރިޔަންކާ ޗޯޕްރާގެ ސިފަތައް އެއްކޮށް ހުރި ކުއްޖެއް ކަމަށެވެ.
ކަރީނާ ކަޕޫރަކީ ސިފަ ރީތި އަންހެނެއް ކަމަށާއި ޕްރިޔަންކާއަކީ ހުނަރުވެރި މީހެއް ކަމަށް ބުނަމުން ކާތިކް ބުނީ އެއީ އޭނާގެ ބައިވެރިއެއްގެ ފަރާތުން ބޭނުންވާ ސިފަތައް ކަމަށެވެ.
ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ޚާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ކާތިކް ހުރީ ހުސްކޮށް ކަަމަށް ހަބަރުތައް ބުނެ އެވެ.