ޕާޓީއެއްގައި ގަވާއިދާ ޚިލާފަށް ހަރުފަ ވިހަ ގެންގުޅުމުގެ ތުހުމަތުގައި ބިގްބޮސް އޯޓީޓީ ސީޒަން 2 ކާމިޔާބުކުރި އެލްވިޝް ޔާދަވް ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެލްވިޝްއާއި އޭނާއާއެކު އެ ޕާޓީގައި އުޅުނު އިތުރު ފަސް މީހުން ހައްޔަރުކޮށްފައިވަނީ ނޮއިޑާ ފުލުހުންނާއި ފޮރެސްޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިންނެވެ.
އެ ޕާޓީގެ ތެރޭގައި ފަސް ކޯބްރާ ހަރުފައާއި ގަވާއިދާ ޚިލާފަށް ނަގާފައިވާ ހަރުފަ ވިހަ ވެސް ފެނުނު ކަމަށް ހަބަރުތައް ބުނެފައިވެ އެވެ.
އެލްވިޝްއާއި އޭނާގެ ބައިވެރިންނާ ދެކޮޅަށް އެފްއާރްއައި ފައިލް ކޮށްފައިވާއިރު މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެލްވިޝް ހައްޔަރު ކުރެވިފައިވަނީ އިންޑިއާގެ ޖަނަވާރުން ހިމާޔަތްކުރާ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ކޯބްރާ ހަރުފަ ފަދަ ހިމާޔަތް ކުރެވިފައިވާ ޖަނަވާރު ގެންގުޅުމަކީ މަނާ ކަމެކެވެ.
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
ޖޭލޯ އޭނާގެ އެންގޭޖްމަންޓް އަނގޮޓިތައް ވިއްކާލަނީ؟
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި