ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޕްރިތީ ޒިންތާގެ ފިލްމީ މަސައްކަތްތައް ފާހަގަކޮށް އަންނަ އަހަރު އޭނާއަށް ޑޮކްޓަރޭޓްގެ ޝަރަފު ދޭން އިންޑިއާގައި ހުންނަ ބާމިންހަމް ސިޓީ ޔުނިވާސިޓީއިން ނިންމައިފި އެވެ.
އިނގިރޭސި ވިލާތުން ހިންގާ އެ ޔުނިވާސިޓީއިން ޕްރިތީއަށް ޑިގުރީއެއް އަރުވަން ނިންމާފައި މިވަނީ މިހާރު ފާހަގަ ކުރަމުން އަންނަ ދިވާލީއާ ގުޅިގެން ބާމިންހަމުގައި ބޭއްވި ހަފްލާއަކަށް ޕްރިތީ ދިއުމުންނެވެ.
ބާމިންހަމްގެ މޭޔަރު އެންޑީ ސްޓްރީޓްސް ވިދާޅުވީ ޕްރިތީއަށް އެ ޝަރަފު އަރުވަން ނިންމީ އަހަރުތަކުގެ ތެރޭގައި ބޮލީވުޑަށް އޭނާ ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށެވެ.
ޕްރިތީ ބުނީ ބާމިންހަމް ޔުނިވާސިޓީއިން އަރުވާ ޑިގްރީއަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެއީ އޭނާގެ ކުރިއަށް އޮތް މަސައްކަތްތަކުގައި އެހީވާނެ ކަމެއް ކަމަށެވެ.
2000ގެ އަހަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެންދޔަ ފްރިތީ އެންމެ ފުރަަތަމަ ބޮލީވުޑަށް ތައާރަފްވީ 1998 ވަނަ އަހަރު އެވެ.
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް