ކަސްޓަމްސްއަށް 28 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ކަސްޓަމްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް މިއަދު ރިޓަޔަ ކުރައްވައިފި އެވެ.
ކަސްޓަމްސްއަށް 28 އަހަރު ހިދުމަތްކުރެއްވުމަށް ފަހު މިއަދު ޝަރީފް ރިޓަޔާކުރެއްވި އިރު އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ޖޫން 2020ގަ އެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން އަވަހާރަވުމުންނެވެ. ޝަރީފް އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލްގެ މަގާމުގަ އެވެ.
ޝަރީފް މިއަދު ރިޓަޔާ ކުރެއްވުމުން އޭނާގެ އަގުވަޒަން ކުރުމަށް ކަސްޓަމްސް އޮން ވަނީ ހައްސަ ހަފްލާއެއް މިއަދު ބައްވާފަ އެވެ. ކަސްޓަމްސް އިން ވަނީ އޭނާގެ މަސައްކަތަށް ޝުކުުރުއަދާކޮށް މަސައްކަތުގެ އަގުވަޒަން ކޮށްފަ އެވެ.
ޝަރީފް 2020 ވަނަ އަހަރުން ފެށިގެން ސީޖީގެ ހައިސިއްޔަތުން ކަސްޓަމްސްގެ ފޯކަސް ލީޑް ކުރެއްވީ ޕްރޮސީޖާސް އޮޓޮމެޓިކް ކުރުމާއި، ބޯޑަ ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގްރިޓީ ޗެމްޕިއަން ކުރުމަށް ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
ހަކުރު ބައްޔާއެކު ރޯދަ ހިފާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!
