އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ވަޑައިގަތުމަށް ބޭރު ގައުމުތަކުގެ ވެރިންނަށާއި ޖަމިއްޔާތަކަށް ދައުވަތު ފޮނުވުމުން ޕޮޒިޓިވް ޖަވާބުތަކެއް ލިބެމުންދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ އޮފީހުގެ ފަރާތުން މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ގައުމުތަކަށާއި ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ އިރު، ހިތްހަމަޖެހޭ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.
ގައުމުތަކުގެ އިސްވެރިންގެ ނުވަތަ ވަފްދުގެ ދަތުރުފަތުރުގެ ކަންކަން އާންމުކޮށް ކޮންފާމް ވެގެން އަންނަނީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށް ފިރްޒުލް ވިދާޅުވި އެވެ. އެހެންވެ، ތަފްސީލްތައް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަފްސީލްތައް ދަންނަވަން ދަތި. އެކަމަކު، ޕޮޒިޓިވް ޖަވާބުތަކެއް ލިބިފައި ވަނީ. އުންމީދު ކުރަނީ ވަަރަށް ކައިރި މުސްތަގްބަލެއް ތެރޭގައި ހިއްސާ ކުރެވޭނެ ކަމަށް އެ މައުލޫމާތު،" ފިރްޒުލް ވިދާޅުވި އެވެ.
މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ.
މި ޖަލްސާއަށް ރާއްޖެއާ އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ރާއްޖެއާ ހާއްސަ ގާތް ގުޅުން ބާއްވާ ހުރިހާ ގަައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.
އަދިވެސް އިންޑިއާ އިން ވެސް ޖަވާބެއް ނުދޭ