އަންނަ ހަފުތާގައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާއި، ސިޔާސީ ހަރަކާތެއްގައި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާ ބައެއް ބޭފުޅުން ހިމަނައިފި އެވެ.
މިމަހު 17 ގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާ ޑރ. މުއިއްޒުގެ ކެބިނެޓްގައި ގިނައިން ހިމެނެނީ ސިޔާސީ ގޮތުން މާބޮޑަށް ފާހަގަ ނުކުރެވޭ އަދި ސަރުކާރު ހިންގުމުގެ ތަޖުރިބާ މަދު ބޭފުޅުންނެވެ.
ޕީއެންސީގެ އިސް ސަފުގައި ނަގާ ކިޔަން ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން އައްޔަން ކުރައްވަނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހަމަޖައްސަވަނީ އިކޮނޮމިކް މިނިސްޓަރު އެވެ. އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވެސް އިކޮނޮމިކް މިނިސްޓަރެވެ.
ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ދެއްވަނީ އަލަށް އުފައްދަވާ ކައުންސިލް މިނިސްޓަރު ކަމެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދެއްވަނީ ފޮރިން މިނިސްޓަރުގެ މަގާމެވެ.
ޕީޕީއެމްގެ ނައިބް ރައީސުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދެއްވަނީ ފިޝަރީޒް މިނިސްޓަރުކަމެވެ.
މި ފަހަރު ޓޫރިޒަމް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހީމް ފައިސަލް އަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރަކަށް ހަމަޖައްސަވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލެޓް، ކެޕްޓަން މުހައްމަދު އަމީން އެވެ.
ހޯމް މިނިސްޓަރަކަށް އައްޔަންކުރައް ވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ ދަރިކަލުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އެވެ. އެމެރިކާ އިން އަސްކަރީ އެންމެ މަތީ ތަމްރީން ހޯއްދަވާފައިވާ އިހުސާން ސިފައިންގެ އިން ރިޓަޔާކުރެއްވުމަށް ފަހު މުހައްމަދު ނާޒިމް އަލަށް އުފެއްދި އެމްއެންޕީގައި ހަރަކާތްތެރިވި އެވެ.
އޭނާ ނިސްބަތްވެވަޑައިގަންނަވާ އަދި މުއިއްޒުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްއެންޕީ އަށް ދެއްވާ އަނެއް ސްލޮޓުގައި، އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަނީ އެނގިފައިވާ ގޮތުގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އޭނާ ވަނީ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މަސައްކަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވައި އެ މިނިސްޓްރީގެ އިސްވެރިޔަކަށް ހަމަޖައްސަވަނީ އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވި އިރު ނައިބަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބް އެވެ. މުއިއްޒުގެ ކްލާސް މޭޓަކަށް ވެސް އުޅުއްވި މުއްތަލިބަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަނުން ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައުސިން މިނިސްޓަރަކަށް ހަމަޖައްސަވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އާބަން ޑިވެލޮޕްމަންޓް ބޯޑުގައި އުޅުއްވި ޑރ. އަލީ ހައިދަރެވެ.
އަލަށް އުފައްދާ ޕްލޭނިން އެންޑް އެންވަރަމަންޓް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެންވަޔަމަންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގް އިބްރާހިމް (ތޯބެ) އަށެވެ.
މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ މި ދައުރުގައި ފިނޭންސް މިނިސްޓަރަކަށް މުއިއްޒު އައްޔަންކުރައްވަނީ މި ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޗީފް ފައިނޭންޝައަލް އޮފިސަރުގެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު ޝަފީގެވެ.
މުއިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ދެއްވަން ނިންމަވާފައިވަނީ ޕީޕީއެމް ކުރީ ވެރިކަމުގައި އެ މަގާމާއި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވަނީ އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ކުރީ ވެރިކަމުގައި އެޑިއުކޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޑރ. އިސްމާއީލް ޝަފީއު އެވެ. އޭނާ އަކީ މިހާރު އިސްލާމިކް ޔުނިވާސިޓީގެ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން އެވެ.
ހެލްތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އެވެ. އާ ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީ ހިންގެވި ޑރ. އާއިޝަތު ޝިހާމް އަށެވެ.
އަލަށް އުފައްދާ ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ގއ. ދެއްވަދޫއަށް އުފަން ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. ފެށުނީއްސުރެ މީޑިއާގައި މަސައްކަތްކުރައްވާ އަސްވާޑް މިހާރު ކުރައްވާ މަސައްކަތަކީ އޭނާގެ އަމިއްލަ ޓީވީ ޗެނަލް "ސަންގުޓީވީ" ހިންގެވުމެވެ.
ޔޫތުއާ ވަކިކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރައްވަނީ ވަރަށް ބޮޑަށް ޔަގީންކުރެއްވޭ ގޮތުގައި ސްޕޯޓްސް ފިޒީޝަން އަބްދުﷲ ރާފިއު އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ މެޑިކަލް ހެޑެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަނީ އެނގިފައިވާ ގޮތުގައި ކުރީގެ ވިޔަފާރިވެރިޔާ މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ)ގެ ދަރިކަނބަލުން ޑރ. މަރިޔަމް މާރިޔާ އެވެ. އަދި އެގްރިކަލްޗާ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު ރަމީލާ އެވެ.
ރައީސް އިބޫ އަށް ދަނީ ކާމިޔާބު ލިބެމުން ކެނެރީގެ ނަޝީދާއި އަދި ޕީއެންސީގެ މަކަރުވެރި ރޭވުން ބަލިކަށި ވަމުން ފަޅާ އަރަމުންނޭ ރައީސް އިބޫ ޒިންދާބާދު ރައީސް އިބޫ މިފަހަރު ބަލަން ވާނެ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ޕީޕީއެމް އާއި ގުޅިގެން ނެގޭތޯ އެކަން ކުރަން ހަދަން ޖެހޭ ގޮތަކީ ރައީސް އިބޫގެ އަފްއާމެއްގެ ދަށުން ރައީސް ޔާމީން ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ
ހިޔާ ފުލެޓް އިން 19ފުލެޓް ކަޓްވާލި މީހާއަށް ވެސް މި މީސްޓަރު ކަން
މި ކެބިނެޓް ހާއްސަކޮށްފައި ވަނީ ސިޓީ ކައުންސިލާއި ޕީޕީއެމްގެ ސެނެޓް އަދި ކްލާސް މޭޓުންނަށް. މިއީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ކެބިނެޓެއް ނޫން. ކުންފުންޏެއްގެ ޑިޕާޓްމަންޓްތަކެއްގެ ހެޑުންތަކެެއް ކަމަށް މަ ހީކުރީ. އެހެން ނަމަ އާބާދީ ބޮޑު އަތޮޅުތަކުގައި އެބަތިބި ސިޔާސީ ގޮތުންނާއި ތައުލީމީ، ތަޖުރިބާހުރި ބޭފުޅުން. ނަމަވެސް އެއިން އެއްވެސް ކަމެއް ނެތް ބަލާފައެއް. މި ކެބިނަޓަށް ސޮރީ.
ޢައިޝަތު ޝިހާމު ހިމަނަންޏާ ބުރުގާ އަޅުމަށް ވަރަށްބޮޑަށް އެދެން.
ޑރ. މާރިއާއެއީ ކާކުތޯ؟ ރާއްޖޭ ބޭފުޅެއްތޯ؟ ކީއްވެގެންބާ ޑރ. ނަޒީރު ނުވަތަ ޑރ. މުހުސިން މެންފަދަ ބޭފުލަކަށް ހަޔައެޑިޔުކޭޝަން ނުދެއްވީ؟ ޑރ. އަސްވާޑް ފިޔަވައި ތިޔަތިއްބެވީ ހަމަ ތައުޅީމީ ބޭފުޅުން ކޮޅެއް. މަރުހަބާ!
ޕީއެޗްޑީ ހާޞިލްކޮށްފައިވާ ހުރިހާބޭފުޅުންގެ ނަމުގެ ކުރިއަށް ޑރ. ކިޔުއްވިއިރު ޕީއެޗްޑީ ހާޞިލްކޮށްފައިވާ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބުދުﷲ ޚަލީލުގެ ނަމުގެ ކުރިޔަށް ޑރ ނުލުމުން ހިތާމަކުރަން.
ސަންގު ޓީވީ އަސްވާޑުމެން ލައިގެން މަހަށް ދެވޭނީ. ތައުލީމީ ގޮތުން ވެސް އަހުލާގީ ގޮތުން ވެސް އެއްވެސް ފެންވަރެއް ނެތް މީހެއް. މި ދޯ އޮބާމާ ކެބިނެޓަކީ؟
މި ކެބިނެޓަށް މަވާ ސަލާމް. ހިންގުމުގެ އުރައްޕެއް ނެތް އަދި ރައީސް ޔާމީންގެ ވެރިކަމުގައި ނަތީޖާއެއް ނެރެދެވިފައި ނެތް ކެބިނެޓަކާ ވައްތަރީ. ތި ކެބިނެޓަށް ބަލާފައި މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓުދޭނީ އަދި ފަހުން އަންނަ ކައުންސިލް އިންތިހާބާއި ރިޔާސީ ދެވަނަ ދައުރެއް ދޭން ފެނޭތޯ ވެސް ވޯޓު ދޭނީ.