ގެއްލިގެން ހޯދި ސަނީ ލިއޯންގެ ގޭގައި ގެންގުޅޭ މުވައްޒަފެއްގެ ދަރިފުޅު ހޯދަން އާއްމުންގެ ފަރާތުން ލިބުނު އެހީއަށް އޭނާ ޝުކުރު އަދާކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަނީ ވަނީ އޭނާގެ މުވައްޒަފެއްގެ ނުވަ އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދަމުން އަންނަ ކަމަށާއި އެ ކުއްޖާ ހޯދައިދިން މީހަކަށް އޭނާގެ ފަރާތުން 50،000 ރުޕީސް ދޭނެ ކަމަށް އިންސްޓަގްރާމްގައި ބުނެފަ އެވެ.

އޭގެ 24 ގަޑިއިރު ފަހުން އަނުޝްކާ މޯރް ނަމަކަށް ކިޔާ އެކުއްޖާ ފެނިފައިވާއިރު ސަނީ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުއްޖާ ހޯދުމުގައި އެހީވި އާއްމުންނަށާއި މުމްބާއީގެ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

https://www.instagram.com/p/CzbXWe4PBrd/?utm_source=ig_embed&ig_rid=cef32c5f-6572-40e7-93c1-dd692216543c

ސަނީގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެމީހުންގެ ދުއާތައް ގަބޫލު ކުރެވިއްޖެ ކަމަށާއި އަނުޝްކާ ސަލާމަތުން ގެއަށް އައިސްފައިވާ ކަމަށެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސަނީ ލިއޯން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަނޫރާގް ކަޝްޔަޕްގެ ފިލްމު "ކެނެޑީ" އިންނެވެ.