ފަލަސްތީނުގެ މުސްލިމުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ގަތަރުގެ 10 ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް އެއްވެ ޒައިތޫނި ގަސްތަކެއް އިންދައިފި އެވެ.
ޒައިތޫނި ގަހަކީ ފަލަސްތީނަށް ވަރަށް މުހިއްމު ގަހެކެވެ. އެއީ އެގައުމުގެ ގައުމިއްޔަތާއި ރައްޔިތުންގެ ހިތުގައި ގައުމަށްޓަކައި އޮންނަ ލޯބި ދައްކުވައިދޭ ރަމްޒެކެވެ.
މިހާރު އިޒްރޭލުން ފަލަސްތީނަށް އަރައި ދެމުން އަންނަ ގެއްލުންތަކުގައި އާދަވެގެން އެ ގައުމުގެ ޒައިތޫނި ގަސްތަކަށް ގެއްލުންދެނީ އެ ސަަބަބަށްޓަކަ އެވެ.
ގަތަރު އެކަޑަމީގެ ލެކްޗަރަރުންގެ އިސްނެގުމާއެކު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޑިއުކޭޝަން ސިޓީގައި ހުންނަ ޣައްޒާ ގާޑަންގަ އެވެ.
މި ހަރަކާތުގައި އިސްކޮށް އުޅުނު ޓީޗަރަކު ބުނީ ހަރަކާތުގެ މަގްސަދަކީ ބޮޑުވަމުން އަންނަ ކުދިންގެ ހިތްތަކުގައި ފަލަސްތީނަށް ލޯބި އުފެއްދުމާއި ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.
މިކަމުގައި ބައިވެރިވި ކުދިން ވަނީ މިއީ ވަރަށް އުފެއްދުންތެރި ކަމެއް ކަމަށާއި އެކަމުން ފަލަސްތީނަށްޓަކައި ކަމެއް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
އެމެރިކާއިން އީރާނުގައި ހިންގި މިޝަންއަކަށް ހޮލީވުޑް ފިލްމެއް!
އެމެރިކާއިން މެދުއިރުމަތި ނުރައްކާތެރި ފައްތަރަކަށް ވައްޓާލަނީ