ރައީސް ޑރ. މުހައްމަދު މުއިއްޒު, އިތުރު 11 ސްޓޭޓް މިނިސްޓަރުންނާއި, ކްލައިމެޓް ޗޭންޖް އެންވޯއީގެ ގޮތުގައި ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަށް މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން ރައީސް އައްޔަން ކުރެއްވި ކަމަށެވެ. ރައީސް އިއްޔެ ވަނީ އެކި މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

  • ހ. ނީވްވިލާ، ލުބްނާ މުހައްމަދު ޒާހިރު ހުސައިން

އިކޮނޮމިކް މިނިސްޓްރީ

  • ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުހައްމަދު ތާރިގް އަހުމަދު

ފިޝަރީޒް މިނިސްޓްރީ

  • ގދ. މަޑަވެލި، ކިނާރާ، ޑރ. އަމްޒަތު އަހުމަދު

ސްޕޯޓްސް މިނިސްޓްރީ

  • ހ. ނޫމުތީ، އަބްދުއްރައްޒާގު އިބްރާހީމް
  • ދިވެހި ލެންގުއޭޖް މިނިސްޓްރީ
  • ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއް ޒިޔާދު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

  • މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
  • ތ. ހިރިލަންދޫ، ލިލީގެ، ޑރ. އަބްދުއްރަހީމް ހަސަން
  • ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
  • ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހުމަދު ޝަފީއު

ޔޫތު މިނިސްޓްރީ

  • ހ. ކިސްތީ، އަހުމަދު މުނާޒު

ލޯކަލް ގަވަމަންޓް މިނިސްޓްރީ

  • ހ. ނޫމުތީ، މުހައްމަދު އިބްރާހީމް

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަނު ކުރެއްވީ މއ. ނައިލޯނުގެ، އަލީ ޝަރީފެވެ.