ކޮފީ ވިތު ކަރަންގެ 8 ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު، މިފަހަރުގެ ސީޒަންގައި ފެނިގެންދާ މެހެމާނުންނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންނެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝޯގެ ހޮސްޓް ކަރަން ޖޯހަރު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ވަނީ ޝޯގައި ފެންނަ ތަރިން ހޮވުމުގައި ބަލާ ކަންތައްތައް ހިއްސާކޮށްފަ އެވެ.
ކަރަން ބުނީ ތަރިން ޝޯއަށް ގެންނަން ބުނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"ދެ ތަރިން އެކުގައި ސޯފާއަށް ގެންނަން ބުނާއިރު އެ ދެތަރިން އެއްވަގުތެއްގައި މުމްބާއީގައި ހުރޭތޯއާއި އެމީހުން އެކުގައި ބައިވެރިވާން ބޭނުންތޯ ވެސް ބަލަންޖެހޭ" ކަރަން ބުންޏެވެ.
ކަރަން ބުނީ ބެލުންތެރިން ކިތަންމެ ބޭނުން ވިޔަސް ޝޯއަށް އަންނަން ބޭނުންނުވާ ތަރިންނަށް އެކަން ކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ކޮފީ ވިތު ކަރަން 8ގެ ހަ އެޕިސޯޑެއް މިހާތަނަށް ދައްކާފައިވާއިރު ކުރިއަށް އޮތް އެޕިސޯޑުގައި ފެނިގެންދާނީ ވިކީ ކައުޝަލްއާއި ކިއާރާ އަދްވާނީ އެވެ.
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
މެދުކެނޑުމަކަށްފަހު މޭގަން އަނބުރާ އެކްޓިންއަށް!