ޕްރިޕެއިޑް ޕްލޭން ގެންގުޅުއްވާ ފަރާތްތަކަށް އާޗާ ޕްރިޕެއިޑް ގެ ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ތައްޔާރުކުރެވިފައިވާ ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ. އުރީދޫ ގެ އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރީޕެއިޑް ޕްލޭންތަކެވެ. ހަމަ އެއާއެކު އާޗާ ޕްރިޕެއިޑް ގެ ޕެކްތައް މި އަހަރުގެ ނިޔަލަށް އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ރީޗާޖް އެންޑް ވިން ޕްރޮމޯޝަން ގައި އޮޓޮމެޓޮކުން ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ޕްރިޕެއިޑް ޑޭޓާ ޕެކްސް އަދި އެޑްއޯންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ އިރު ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް 60ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500 ރުފިޔާއަށް ލިބޭއިރު، އާޗާ 750 މެދުވެރިކޮށް 180ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 6ޖީބީ ޑޭޓާ (750ރ އަށް) ލިބިގެންދެ އެވެ. އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭން ޑޭޓާ އެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕެލެޓފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި އޭގެ އިތުރުން ގޭމް ކުޅުމަށް، ޑައުންލޯޑްކުރުމަށާއި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެ އެވެ.