މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިއުލާން ކޮށްފައިވާ ފުށިދިއްގަރު ފަޅު މަޝްރޫއު ބަޖެޓުން އުނިކުރުމަށްފަހު ފަހު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ސަރުކާރުން ހުށައެޅި އަދަދށްވުރެން އިތުރު އަދަދެކެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން މަޝްރޫއު ހިންގަން ރާވާފައިވާ ގޮތުގެ ކުރެހުމެއް

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާއިރު ރައީސް މުއިއްޒު ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ އިތުރު 400 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

  • އައްޑޫއިން ފެން ކެނޑިފައި، އެތައް ބަޔަކު ފެނަށް ޖެހިއްޖެ

އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތެއް ނުލިބެ އެވެ. މިއާއެކު ރައްޔިތުންގެ ޝަކުވާ ވަނީ އިތުރުވެގެން ގޮސްފަ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެން ކެނޑިފައި ވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ކުއްލި ގޮތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުނެވެ.

  • ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 614.5 މިލިއަން ރުފިޔާ ލިބިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 614.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މުސާރަ ދިނުމާއި މަޝްރޫއުތައް ހިންގުމަށް 520 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާގައި ވަނީ ހޭދަކޮށްފަ އެވެ.

  • ޕީއެންއެފް ރަޖިސްޓްރީ ކުރަން ބޭނުންވާ 3,000 ފޯމު ހަމަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 ފޯމު ހަމަވެއްޖެ އެވެ. ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 ފޯމު ހަމަވެފައިވާ ކަމަށެވެ. އެކި ރަށްރަށުން ޕާޓީއަށް ސޮއިކުރި މީހުންގެ ފޯމުތައް މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

  • މިސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފި އެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

  • ޝިފާން ކޮމިޝަނަރުގެ އޮފީހަށް ބަދަލުކޮށް ޔޫނުސް ޕޮލިސް އެކެޑަމީއަށް

ޕޮލިސް ކޮލެޖު ހިންގުމާ ހަވާލުވެ ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން، ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު، ޔޫނުސް ސޮބާހް ޕޮލިސް ކޮލެޖުގެ ވެރިޔަކަށް އައްޔަންކޮށްފި އެވެ. ފުލުހުންގެ އިދާރާއިން މިބަދަލު ގެނެސްފައިވާކަން މިނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ

  • ޕީއެންސީގެ ލީޑާޝިޕުން ނުރުހޭ ކެންޑިޑޭޓުން ޑިސްކޮލިފައިކޮށްލަނީ

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ބޭނުންވާ ކެންޑިޑޭޓުން މަޖިލިސް ޕްރައިމަރީން ޑިސްކޮލިފައިކޮށްލެވޭގޮތަށް ހަމަޖައްސައިފި އެވެ. ޕީޕީއެމް-ޕީއެންސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ޕީއެންސީގެ ޓިކެޓްގައި އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، މި މަހުގެ 23 ގައި ބާއްވާ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

  • އައްމަޓީ އޮޕަރޭޝަނަށް ރާއްޖެ އިން ބޭރަށް ފުރުމަށް ހުއްދަ ދީފި

ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލައި މަކަރާ ހީލަތް ހެދުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން އިއްޔެ ދީފި އެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކުރާ އިރު، އައްމަޓީ ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް މީގެކުރިން އޮތީ ހިފަހައްޓައިފަ އެވެ.

  • ހަތް އަހަރު ފަހުން އަލީ ވަހީދު އެމްޑީޕީއަށް ސޮއިކޮށްފި

ޖިންސީ ގޯނާ މައްސަލާގައި ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީން ވަކިކުރި އަލީ ވަހީދު އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފި އެވެ. އަލީ ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަތް އަހަރު ފަހުން އެނބުރި އެމްޑީޕީއަށް ސޮއި ކޮށްފައިވާ ކަމަށެވެ