ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބުކުރައްވައިފި އެވެ.
ހުސްވެފައިވާ ޖޭއެސްސީގެ މެމްބަރު ކަމުގެ އިންތިހާބު ބާއްވައިދިނީ ބާ ކައުންސިލުންނެވެ. އެ އިންތިހާބަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެހެންކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ޖުމްލަ 443 ވަކީލުން އެ އިންތިހާބުގައި ވޯޓުލިއިރު، އަލީ އަބްދުއްލަތީފަށް ލިބުނީ 275 ވޯޓެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރަން ނުފެންނަ ކަމަށް 168 ވަކީލަކު ވޯޓު ދީފައިވެ އެވެ.
ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރައްވާ މެމްބަރުގެ މަގާމު ހުސްވީ ކުރިން އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި، އަބްދުލްމާނިއު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އަކީ މިހާރު ހައިކޯޓުގެ ފަނޑިޔާރެކެވެ.
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
ކެންސަރު ތަހަންމަލް ކުރަމުންދިޔަ ދިވެހި ޑޮކްޓަރަކު ނިޔާވެއްޖެ
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
