މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޒަރީން ޚާން ކަމާ ބެހޭ ފަރާތްތަކުގެ ހައްޔަރަށް ގެނަދިއުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ދިއްލީގެ ސިޓީ ކޯޓަކުން ޒަރީންއަށް ކަފާލާތުގެ މިނިވަންކަން ދިން ނަމަވެސް ކޯޓުގެ ހުއްދައަކާ ނުލައި ގައުމުން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި އިވެންޓެއްގައި ހުށައެޅުމެއް ހުށައަޅައިދިނުމަށް ފައިސާ ނެގުމަށްފަހު އެ ތަނަށް ނައުމުން އިވެންޓްގެ އޯގަނައިޒަރުން ފުލުހަށް ހުށައެޅި މައްސަލަ އެކެވެ.
ޒަރީންއަށް ކަފާލާތުގެ ދަށުން މިނިވަންކަން ދޭން ކޯޓުން ނިންމީ މި މައްސަލައިގެ ތަހުގީގުގެ މުއްދަތުގައި މީގެ ކުރިން ޒަރީން އެއްވެސް ވަަރަކަށް ކަފާލާތަށް އެދިފައި ނުވާތީއާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމުންނެވެ.
ޒަރީން ޚާންއަކީހައުސްފުލް 2، ވީރް އަދި ހޭޓް ސްޓޯރީ 2 ފަދަ ކާމިޔާބު ބޮލީވުޑް ފިލްމުތަކުން ފެނިފައިވާ ތަރި އެކެވެ. އެހެން ނަމަވެސް މި ދުވަސްކޮޅު އޭނާ އުޅެނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ.
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި