ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށާއި ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 3.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
މިއީ ރައީސްގެ ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ނޫސްވެރިން އެދުމުގެ ކުރިން ހާމަކުރި ފުރަތަމަ ފަހަރު އެވެ.
ރައީސް އޮފީހުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 26 އިން މި މަހުގެ 3 ގެ ނިޔަލަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު ހަރަދެއް ދިޔައީ މާލެ އިން ތުރުކީ އަށް، ތުރުކީން ދުބާއީ އަށް އަދި ދުބާއީން މާލެ ވަޑައިގަތުމަށް ޓިކެޓުގެ ހަރަދެވެ. އެ ހުރިހާ ޓިކެޓުގެ ހަރަދަށް 2.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރަން ނިންމައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ސާވޭ ހެދުމަށް އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމީ ވެސް އިއްޔެ އެވެ.
ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލުހުންނާއި ސިފައިންގެ ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކުރުމަށްވެސް ރައީސް މުއިއްޒު ނިންމެވީ އިއްޔެ އެވެ. ފުލުހުންނާއި ސިފައިންގެ ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސް ކުރި ނަމަވެސް ފުލުހުންގެ ފްލެޓުތައް އަދި ހަވާލެއް ނުކުރެ އެވެ. ނަމަވެސް ސިފައިންގެ ފްލެޓުތައް ހަވާލުކޮށްފައިވާއިރު އަތަނުގައި އަންނަނީ ދިރިއުޅެމުންނެވެ.
ސިޔާސީ މަގާމުތައް 350 އަށް ނާރާ: ރައީސް އޮފީސް
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 350 އަށް އަދި ނާރާ ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވެސް ސިޔާސީ މުވައްޒަފުން އަދި އައްޔަން ނުކުރެއްވޭ ކަމަށެވެ.
ސާހިލް ކޯޓުގައި ވާހަކަ ނުދެއްކި، ދައުލަތުން ވަކީލުން ނުދޭން ނިންމައިފި
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، އެކަމުގެ ތުހުމަތުކުރެވޭ އަލީ ސާހިލް ޝަރީއަތުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިބި އޮފިޝަރުންނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއްޔެ ވަނީ ހުޅުވާލާފަ އެވެ.
ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިއްޖެ
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިޔާގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިފައިވާ ކަމަށް އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރީ އިއްޔެ އެވެ. ފައިލޭރިއާ ފެނިފައިވަނީ އެރަށުގައި އުޅޭ ބިދޭސީން ކިބައިންނެވެ.
ޝަރުތުތަކާ އެކު ފިލްމީ ތަރި ޔުނާން ބަންދުން ދޫކޮށްލައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކު އިއްޔެ ވަނީ ހުޅުމާލެ ކޯޓުން ބަންދުން ދޫކޮށްލާފަ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ.
އަޒުލް ކުރެވޭނެއޭ މަޖްލީހަށް އެކަން އެއީ މަނާ ކަމެއް ނޫނޭ އެކަން ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ