އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ހަރަކާތްތައް މާދަމާ ހެނދުނު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އުރީދޫން ބުނީ ފަން ރަން ވީކެންޑް މާދަމާ ފަށާއިރު، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ ވެސް ކުރިއަށްދާނެ ކަމަށެވެ.
އުރީދޫ ފަން ރަން ދުވަހުގެ ޕްރޮގްރާމް:
އުރީދޫ ޑްރޯން ރޭސް (މާދަމާ ހެނދުނު 8:00 އިން 11:00 އަށް)
ރާއްޖޭގަ ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ ވާދަކުރާ ރޭހެކެވެ. އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫ ފަން ރަން (މާދަމާ ހަވީރު 3:30 އިން 6 އަށް)
އުރީދޫ ފަން ރަން – ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. މި ދުވުން އޮންނާނީ މާދަމާ ހުޅުމާލޭގައި ހަވީރު 3:30 އިން ފެށިގެން 6 އަށެވެ. މަޖާ 5ކޭ މި ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް މި އުފަލުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއި އެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެ އެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ ޖޮގް ކޮށްލާފަ ނުވަތަ ނަށާލާފަވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިޚްތިޔާރު ކުރެވޭނެ ދުވުން ނިންމާލެވޭނެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝަރ މެޑަލް އަކާއި މިއުޒިކް ޝޯއަކާ އެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެ އެވެ.
އުރީދޫ މިއުޒިކް ފެސްޓިވަލް (މާދަމާ ރޭ 8:00 އިން ފެށިގެން 12 އަށް)
ފަން ރަން ނިންމާލުމަށް ފަހު އެހެން އަހަރު ތަކެކޭ އެއްފަދައިން އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގނޑު 8 ޖަހާއިރު ފެށިގެން ދާނެއެވެ. މި ޝޯ ގެ އުފަލުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. އުރީދޫ މިއުޒިކް ޝޯ ގައި ވެސް މަގުބޫލު އާޓިސްޓުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުން ގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ހިމެނެ އެވެ.