ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އޮސްކާ އެވޯޑްސްގެ 2024 ވަނަ އަހަރުގެ އެޑިޝަންއަށް ނޮމިނޭޓް ވެފައިވާ އުފެއްދުންތައް އިއުލާން ކޮށްފި އެވެ.
އެގޮތުން އެންމެ ގިނަ ނޮމިނޭޝަންތަކާއެކު ލިސްޓުގެ ކުރި ހޯދާފައިވަނީ މި އަހަރު ނުކުތް ބާބީ އެވެ. އެ ފިލްމުގެ ފަހަތުން ދެން އޮތީ އޯޕަންހެއިމާ އެވެ.
މި އެވޯޑްގެ އެންމެ މޮޅު ބޭރުގެ ފިލްމަކަށް ނޮމިނޭޓް ވެފައިވާ ފިލްމުތަކުގެ ތެރޭގައި ތޫނިސްއާއި އިނގިރޭސި ވިލާތުގެ އުފެއްދުންތައް ހިމެނެ އެވެ.
އޮސްކާއަށް އިންޑިއާގެ ހުށައެޅުމެއްގެ ގޮތުގައި "އެވްރިވަންސް ހީރޯ" ނަމަކަށް ކިޔާ ތަމަޅަ ފިލްމެއް ހުށައެޅި ނަމަވެސް އެ ފިލްމަށް އެއްވެސް ނޮމިނޭޝަންއެއް ލިބިފައެއް ނުވެ އެވެ.
96 ވަނަ އޮސްކާ އެވޯޑްސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލަސްގަ އެވެ.
ކަސްރަތު ކުރުމުގެ ކުރިން ކެއުން ގެންގުޅެންވީ ކިހިނެއް؟
ހަގު އުމުރުގައި ދަރިމައިވާންވީ ގިނަ ސަބަބުތަކެއް!
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން