މި ދުވަސްވަރު ބޮލީވުޑްގެ ހަބަރުތަކުން އެކްޓަރު އާމިރު ޚާންގެ އަޑު އިވުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. "ލާލް ސިންހް ޗައްދާ"އަށްފަހު އާމިރު މީޑިއާއާ ފުދޭވަރަކަށް ދުރެވެ.
ފިލްމީ ދާއިރާގެ މަސައްކަތްތަކުން ކޮންމެވެސް ވަރަކަށް ދުރަށް ޖެހިގެން އާމިރު ހުރިއިރު އޭނާ މިވަނީ މުޅިން އާ ކަމެއް ކުރަން ފަށާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާމިރު އަންނަނީ ލަވަކިޔަން ދަސްކުރަމުންނެވެ. އެގޮތުން ރަސްމީކޮށް ކްލެސިކް ސިންގިންގްގެ ފިލާވަޅުތައް ނަގަމުން އަންނައިރު ކޮންމެ ދުވަހަކު ވެސް އެކަމަށް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ހޭދަކުރާ ކަމަށްވެ އެވެ.
މީގެ ކުރިން އާމިރު ވަނީ 1998 ވަނަ އަހަރު ނުކުތް ފިލްމު "ގުލާމް"ގެ ލަވައެއް ކަމަށްވާ "އާތި ކިޔާ ކަންޑާލާ" ލަވަ ވެސް އޭނާގެ އަމިއްލަ އަޑުން ކިޔައިދީފަ އެވެ.
މިދިޔަ ދެ އަހަރު ދުވަހު އާމިރުގެ ފިލްމެއް ފެނިފައި ނުވާއިރު ރިޕޯޓުތައް ބުނާ ގޮތުން މިހާރު އޭނާ ސަމާލުކަން ދެނީ އާއިލީ ދިރިއުޅުމަށެވެ. އެގޮތުން އޭނާގެ މަންމައާއި ދަރިންނާއެކު ވަގުތު ހޭދަކުރަން އޭނާ އިސްކަމެއްދެ އެވެ.
"އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލަން ބޭނުންތަ؟
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ ބާޖުތަކުގައި ކެމެރާހަރުކުރަނީ