އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫއިން ބުނީ އާ އަހަރުގެ ދަތުރު ބާރު ދުވެލީގައި ފެށުމުގެ ގޮތުން 5ޖީ، މޯބައިލް އަދި ސުޕާނެޓަށް ހާއްސަ އޮފާތައް އެކްޓިވޭޓް ކުރުމަށް އެދޭ ކަމަށެވެ. އާއަހަރުގެ އޮފާތައް މާދަމާ ރޭ 12 އިން ފެށިގެން ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

5ޖީ އެކްސްކުލޫސިވް އެޑް-އޮންސް

އާ އަހަރާއި ދިމާކޮށް ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮން ތަކެއް އުރީދޫއިން މިވަނީ ތައާރަފު ކޮށްފައެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފަރތައް ބޭނުން ކުރެވޭނެއެވެ. އާއަހަރުގެ ހާއްސަ އޮފަރ ތަކާއެކު އުރީދޫ 5ޖީ ނެޓްވާކުގައި ފަސޭހަކަމާއި ހަލުއިކަން ތަޖުރިބާ ކޮށްލައްވާށެވެ. މިހާރުގެ މިއަގުގައި ހުރި އެޑް-އޮން ތަކުގެ 3 ގުނަ ޑޭޓާ މި އޮފަރ ގައި ލިބިލައްވާނެ އެވެ.

  • 5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600ރ އަށް
  • 5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750ރ އަށް
  • 5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރ އަށް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފަރތައް ހިމެނިފައިވެ އެވެ. އުރީދޫ ނެޓްވާރކުގައި މިއޮފާތައް ބޭނުންކުރައްވައިގެން މެދުނުކެނޑި ރައްޓެހިންނާއި އާއިލާއާއެކު ގުޅުން ބަދަހި ކުރައްވާށެވެ.

ސޯޝަލް އަންލިމިޓަޑް ޕްލޭން: 24 ގަޑިއިރަށް 24 ޖީބީ، 25ރ އަށް. ސޯޝަލް މީޑީއާ އަންލިމިޓަޑް، އަދި އޫރީދޫ ނަންބަރު ތަކަށް ގުޅުން މުޅިން ހިލޭ ލިބިގެންދާނެ އެވެ. ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓަރ، އަދި އިންސްޓަގްރާމް ހިމެނެ އެވެ.

  • އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ، 6 މަހަށް 2024ރ . މުޅިއަކު 720 ޖީބީ
  • އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000ރ. 1 އަހަރަށް 365 ޖީބީ

ސުޕަނެޓް އޮފާ

ސުޕާނެޓަށް އަލަށް ރެޖިސްޓާ ކުރާ ފަރާތްތަކުގެ ތެރެއިން، 400ރ އިން މަތީގެ ޕެކޭޖުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް 100ޖީބީ ބޯނަސް ޑޭޓާއެއް ލިބިގެންދާނެ އެވެ. މި ޑޭޓާ 3 މަހަށް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މިއީ ސުޕާނެޓް ފައިބާ ބްރޯޑްބޭންޑުގެ އަޖުމަ ބަލާލުމަށް ރަނުގެ ފުރުސަތެކެވެ.

5ޖީ އެއާފައިބާ

މި އޮފާގައި އެއާފައިބާ އަލަށް ރެޖިސްޓަރކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ނަންގަވާ ކަސްޓަމަރުންނަށެވެ. އެއާފައިބާ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫއިން ބުނީ މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވާކާއި ގުޅާލުމަށް ވަރަށް ރަގަޅު އޮފާ އެއް ކަމަށެވެ.