އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އައިޝަތު ޖެނިފާ ވަކިކޮށްފި އެވެ.
ޖެނިފާ މަގާމުން ވަކިކޮށްފައިވަނީ ކުންފުނީގެ ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން ކަން އެނގިފައިވެ އެވެ. އެކަމަކު، ޖެނިފާ މަގާމުން ވަކިކުރަން ނިންމި ސަބަބެއް މިހާތަނަށް އައިއިރު ވެސް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.
ޖެނިފާ ވަނީ 25 އަހަރުގެ ދިގު މުއްދަތަކަށް އެ ކުންފުންޏަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު، 2018 ގަ އެވެ.
ޖެނިފާ ވަޒީފާ އަދާކުރެއްވީ މޯލްޑިވިއަންގެ ކާގޯ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑަކަށެވެ. އޭނާ އެމަގާމުގައި ހުއްޓާ 2016 ވަނަ މަގާމުން ވަކި ކުރި އެވެ. އެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ޖެނިފާ ވަޒީފާއިން ވަކިކުރީ އުސޫލާއި ހިލާފަށްކަމަށް ނިންމައި އަލުން ވަޒީފާ ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.