ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުފައިބައިފި ނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް ކަމާ ހަވާލުވި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނުރުހޭ ކަމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އަތްލި ކޮންމެ އެއްޗެއް ވަނީ ރަނަށް ހަދާފައި: އައްބާސް
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ މާލެ ސިޓީ އަށް ބެލި ކަމުގައި ވިޔަސް، ރައީސް ޔާމީންގެ ދުރު ވިސްނޭ ބުއްދި ހުރި ބޭފުޅެއް ކަމަށެވެ. އޭނާ އެ ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ޒާއާމަތުގަ އާއި އޭގެ ކުރިން އެސްޓީއޯ ހިންގެވުމާ ހަވާލުވެ ހުންނެވި އިރު، މާލެ އަށް ގެންނެވި ތަރައްގީއަށެވެ.
ބިން ހިއްކުމަށް ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެ
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން، ބިން ހިއްކުމަށް ކޮންމެ ދުވަހަކު ބޭނުންކުރާ އުޅަނދު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށެވެ.
ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި، ސީޕްލޭން ޓާމިނަލް އެރަށަށް ބަދަލުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތިގައި ރައީސް ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރުން މި އަހަރު ހުއްޓާލާނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން ވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ
ޑރ. އަދީލް އެޑިއުކޭޝަންގެ ސްޓޭޓަކަށް، ޓޫރިޒަމްގެ ސްޓޭޓަކަށް ހާރިސް
އެ ދެ ބޭފުޅުންނަށް ސްޓޭޓް މިނިސްޓަރުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިކަން ރައީސް އޮފީހުގެ ވެބްސައިޓްގައި ރޭ ވަނީ ހިއްސާކޮށްފަ އެވެ.
މާލޭގެ ހުރިހާ މަގެއް ހަދަން 100 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ: ވަޒީރު
ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމާ އެކުގައި ކަމަށެވެ.
ރިއެކްސްޕޯރޓް އެއީ އެންޓްރިޕޯރޓް އެއީ ރާއްޖޭގެ ބަނދަރަށް ވަދެ ކަސްޓަމްސް ކްލިއަރެންސް އެއް ނެތި އަނެއްކާ އެހެން ގައުމަކަށް ރާއްޖޭން ފޮނުވާލުމޭ މިސާލަކަށް ރަޝިޔާޔާއި އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް އޮވެއްޖެނަމަ ރަޝިޔާގެ ގޮދަން ފުށް ރާއްޖޭގެ ބަނދަރުން އަނބުރާ އެ ރިއެކްސްޕޯރޓް ކުރެވޭނެ ސިންގަޕޯރ އަށް އަދި މެލޭޝިއާ އަށް އެހެން ވެއްޖެނަމަ ކޮންމެ ޓަނަކުން ކުޑަ އަދަދެއް ވެލިއު އެޑްކޮށް އަދި އަވަހަށް ރިއެކްސްޕޯރޓް ކުރަން ޖެހޭނެއޭ ވަރަށް އަވަސްވާން ޖެހޭނެ
އެންޓްރިޕޯރޓް ކާމިޔާބު ކުރަން ބޭނުންނަމަ ރާއްޖޭގެ މަނީލޯންޑްރިން ގާނޫނު ޖެހޭނީ ސަސްޕެންޑް ކޮށްލަން ރައީސްގެ ގަރާރަކުން 100 އަހަރަށް މި ގާނޫނު ސަސްޕެންޑް ކޮށްފިނަމަ ޔޫއެސްޑޮލަރު އެއް ގައުމުން އަނެއް ގައުމަށް އެންޓްރިޕޯރޓް ކުރެވޭނެއޭ ވަރަށް ގިނަ އަދަދަކަށް މިކަން ކުރާނީ ބީއެމްއެލް މެދުވެރިކޮށް ބީއެމްއެލް އަށް މިގޮތުން ވަންނަ ޑޮލަރަކުން %1 ޗާރޖްކުރާނީ ވެލިއު އެޑެޑް އަދަދުގެ ގޮތުގައި އެފައިސާ މަޑުކުރާނެ ބީއެމްއެލް ތިޖޫރީގައި މަދުވެގެން 10 ދުވަހު މަޑުކުރާނެއޭ އެހެންވެއްޖެނަމަ ޑޮލަރު ލިބުން ތިޔާގިވާނެ
ދުނިޔޭގައި އޮތް އެންމެ ބޮޑު ރިއެކްސްޕޯރޓް ކުރާ ގައުމަކީ ޔޫއޭއީގެ ދުބާއީ އިންނޭ މިކަން ކުރާނަމަ ރާއްޖެ ޖެހޭނެއޭ ފްރީ ޓްރޭޑް އެއްބަސްވުން ޗައިނާ ދުބާއީ އަދި ސިންގަޕޯރ އަދި މެލޭޝިއާ އަދި އިންޑޮނޭޝިއާ އަދި ލާއޯސް އަދި ވިއެޓްނާމް އަދި ޖަޕާން އަދި ސައުދީ އާއި ރަޝިޔާ އާއި އެކު ހަދަން މަދުވެގެން މިލިސްޓްގައި ތިބެން ޖެހޭނެއޭ މިކަން ފަށާއިރު މަދުވެގެން 100 ގައުމާއި އެކު ރާއްޖެ ހުންނަން ޖެހޭނެއޭ ފްރީޓްރޭޑް އެއްބަސްވުން ހަދާފައި އެއިރަށް މިކަން ކުރެވޭނީ
ރިއެކްސްޕޯރޓް އަކީ ދުނިޔޭގެ އެހެން ގައުމަކުން ރާއްޖޭގެ ޕޯރޓް މެދުވެރިކޮށް އެހެން ގައުމަކަށް ގެންދާ މުދަލަށް ކިޔާނަމޭ އަނެއް ނަމަކީ އެންޓްރިޕޯރޓް އެކަން ކުރަނީ ފްރީޓްރޭޑް މުދާ ތައް މިސާލަކަށް ޗައިނާއިން ރާއްޖެ އަންނަ މުދަލެއް ލަންކާ އަށް އެކްސްޕޯރޓް ކުރާއިރު ޗައިނާއާއި އެކު ފްރީޓްރޭޑް އެއްބަސްވުން ރާއްޖޭގައި އޮވެ ލަންކާގައި ނެތްނަމަ ލަންކާ އަށް ރާއްޖޭގެ ޕޯރޓް މެދުވެރިކޮށް ރިއެކްސްޕޯރޓް ކުރާ މުދާ އަގުހެޔޮވާނެއޭ ވެލިއު އެޑްކޮށްފިނަމަ އަގުބޮޑުވާނެއޭ
ރާއްޖޭގައި އިމާރާތްކުރަން ބޭނުންވާ ގިނަ ތަކެތި ގެންނަނީ ޗައިނާއިން ދިމާވާ ބޮޑު މައްސަލަ އަކީ ރާއްޖެއަށް އެތަކެތި ގެންނަން ނަގާ މުއްދަތު މަދުވެގެން 45 ދުވަހަށްވުމޭ ޗައިނާ އިން ފުރައިގެން ސިންގަޕޯރގައި ޖައްސާ ސިންގަޕޯރ އިން ފުރައިގެން ލަންކާ ގައި ޖައްސާ ލަންކާ އިން ދެން ރާއްޖެއަށް އަންނަނީ މިކަން ހުއްޓުވޭނެއޭ ޗައިނާގެ ލައިޓް އިންޑަސްޓްރިއަލް ޕާރކް ހަދަން ތިޔާ 100 ހެކްޓަރުގެ ބިން ޗައިނާ އަށް 1000 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭނީއޭ އެއިރުން މަހަކު ޖެހޭނީ 10 މިލިއަން ޑޮލަރު ދައްކަން