އައްޑުއާ ދިމާލުން ރާއްޖޭގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހަވީރު 4:46 ހާއިރު އައްޑޫ ސިޓީއާ 894 ދުރުން ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.6 މެގްނިޓިއުޑުގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ބިންހެލުން އައި ސަރައްހަދަކީ އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރު ސަރަހައްދަކަށްވީ ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އަސަރެއް ނުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް އައްޑުއާ ދިމާލުން ރާއްޖޭގެ ސަރަހައްދަށް ހަތަރު ބިންހެލުމެއް އައިސްފައިވެ އެވެ. އޭގެ އަސަރު ރާޢްޖެ އަށް ކޮށްފައި ނުވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން އާންމު ގޮތެއްގައި ސުނާމީއެއްގެ ބިރު އޮންނާނީ 8.0 މެގްނިޓިއުޑަށް ވުރެ ބާރުމިނުގައި އަންނަ ބިންހެލުންތަކާ ގުޅިގެންނެވެ.
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!