އައިލެންޑްއޭވިއޭޝަންގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާރު ހަމަޖައްސައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމާ ހަމައަށް މިހާދު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އޭނާ ވަނީ ގާތްގަނޑަކަށް ތިން އަހަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ފުރުއްވާފަ އެވެ.
އޭނާ ވަނީ މީގެކުރިން އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އައިލެންޑްއޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އިބްރާހިމް އިޔާސް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ހަމަޖައްސާފަ އެވެ.
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
