އުރީދޫ މޯލްޑިވްސްއިން ސެމްސަންގް S24 ސީރީޒް ގެ ޕްރީ-އޯޑާއަށް ހުޅުވާލައިފި އެވެ. ސެމްސަންގް S24 ސީރީޒްގައި ތިން މޮޑެލް ހިމެއެވެ. އެއީ ސެމްސަންގް ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރައެވެ.

ކަސްޓަމަރުންނަށް ޕްރީ-އޯޑާ ކުރަން ފެށޭނީ 19 ޖަނަވަރީ 2024ގެ މެންދަމު 00:00އިން ފެށިގެން 6 ފެބްރުއަރީ 2024އަށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށްނެވެ. ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކެއް ލިބޭނެއެވެ.

1. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް

2. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ

3. އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާ

4. އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފާ

5. ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗާ

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.