ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި ޒުވާނާ އަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ އަައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ފުވައްމުލަކު އާސްމާނުގެ، އިބްރާހިމް ސިމާން (30) އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހިގެންނެވެ.
އެ މީހާއަށް ލިބުނު ޒަހަމްތަކަށް ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާތީ ޖެހިގެން އައި ދުވަހު މާލެ ގެނެސްފައިވެ އެވެ. މާލެ ގެނައި އިރު ވެސް އެ ޒުވާނާގެ ހާލު ސީރިއަސްކަމުން ލާފައި އޮތީ ވެންޓިލޭޓަރަށެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ނޭވާ ހިއްލުމާއި ހިތުގެ ބަލިތަކާ ގުޅުމެއް ވޭތަ؟
ފުވައްމުލަކުގައި ރާއްޖޭގެ ފުރަތަމަ ޝާކް ރިސާޗް ހަބް ހުޅުވައިފި
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި