އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދައި، ސަރުކާރަށް މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ އިއްތިހާދުން ސުޕާ މެޖޯރިޓީ ހޯދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނަން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި. މަދުވެގެން 62 ގޮނޑި ނަގާނަން ރައްޔިތުންގެ ތާއީދާ އެކު،" ރައީސް ވިދާޅުވި އެވެ.
ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ ޕާޓީ ދަފުތަރުގައި 71،000 މީހުން އެބަތިބި ކަމަށެވެ. އަދި ވޯޓުލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ފޯރީގައި ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ކަމަށާއި، 283 ކެނޑިޑޭޓުން ޕްރައިމަރީގައި ވާދަކުރައްވާ ކަމަށެވެ.އަ ދި މިއަދުގެ ޕްރައިމަރީ ހިނގަމުންދަނީ ޖުމްލަ ގޮތެއްގައި ސުލްހަވެރިކޮށް ކަމަށާއި، ކުޑަކޮށް ނުތަނަވަސްކަން އުފެދުނު ތަންތަނުގައި އެކަންކަންވެސް މިހާރު ހައްލުކުރެވިގެން ސުލްހަވެރިކަމާއެކު ހިނގަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްވަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހްލާސްތެރިކަން، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދު ނިޔަތާއި އިހްލާސްތެރިކަން. އެހެންވީމަ އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ މި ދެންނެވީ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އިޚުލާސްތެރިކޮށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިހާތަނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރަމުންދާތީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މުއިއްޒު ވެރިކަމަށް އައި ދުވަހުން ފެށިގެން މާލޭގައި ކޮމޯޑިޓީސް ތަކުގެ އަގު ތިން ގުނަ އަށް ބޮޑުވެއްޖެއޭ އެކަން ހައްލު ކުރަން ކުރާ ކަމެއް ނެތޭ ޔޫއެސްޑޮލަރަށް ވެފައި އޮތް ބަރޯސާ ހުއްޓާލުމަށް ޓަކައި ރަޝިޔާ އާއި ޗައިނާ އާއި ގުޅިގެން ކަރަންސީ ސްވެޕް ހަދައިގެން ރާއްޖެ އަށް މުދާގެނައުމުގެ ކަންކަން ނުކުރޭ މުއިއްޒު ޗައިނާ އަށް ކުރިދަތުރު ގައި ޗައިނާ ޝިޕިންގް ކޯރޕަރޭޝަންގެ ޝިޕްސް ތައް ރާއްޖެ އަށް ތާވަލްކޮށް މަހަކު 4 ދަތުރުކުރާ ގޮތަށް ނެހެދުނޭ ރައްޔިތަކަށްވީ އެއްވެސް ފައިދާ އެއް ނެތޭ ނެތޭ ނެތޭ ނެތޭ
ޕީޕީއެމްގެ ޕްރައިމަރީން އާ މީހުންނަށް ޓިކެޓް ނުލިބުން ވަކިން ޚާއްސަ ކޮށް ކިޔަވައިގެން ތިބި ފުދިފައިވާ މީހުންނަށް ޓިކެޓް ނުލިބުން މީ ވަރަށް ބޮޑު މައްސަލަ އެކޭ މިއިން އެގިގެންދަނީ ޕީޕީއެމްގެ ޕްރައިމަރީ އަކީ ވެސް އެއީ ސިމެންތި ގަށާ މެޝިނަށް ވޯޓް އަޅައިގެން އެމްޑީޕީން ކެނެރީގެ ނަޝީދަށް ރިޔާސީ ޓިކެޓް ދިން ގޮތަށް މަޖްލީސް މެމްބަރުންގެ ޓިކެޓް ބަހަމުންދާ ޕާރޓީ އެކޭ އެ ޓިކެޓް ގަންނަން މިޖެހެނީ ޕީޕީއެމް އަދުރޭ އަށް 4 ލައްކަ ރުފިޔާ ދޭން އެއިރުން އެކަން
ހެޔޮނުވާނެއޭ ވެރިކަން ކުރާ ޕާރޓީ އަށް މަޖްލީހުގެ މެޖޯރިޓީ ދޭން މަމެން ހުވައޭ މިކުރަނީ މުއިއްޒުގެ ވެރިކަން ވެގެން ދާނީ ރާއްޖޭގައި އެންމެ ބޮޑަށް ޓެކްސް ބޮޑުކުރާ ސަރުކާރަށް ބަލަން ތިބެއްޗޭ މިކަން މިނޫން ގޮތަކަށް ވޭތޯ ކޮތަޅު ޓެކްސް އުވާލާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެވާހަކަ ނުވެސް ދައްކަނީއޭ އެއީ ދެއްކި ވާހަކަ އެއް ކަމަށްވެސް ނަހަދައޭ ބަލަގަ ކޮތަޅު ޓެކްސް ނަގަން ފެށުމުން ތިމާވެށި ހިމާޔަތް ކުރެވުނު ކަމުގެ ދަލީލަކީ ކޮބައިތޭ އެއެއް ވެސް ނުބަލާދޯ
ރައީސްމީހާ ބުނުމުން އޭނާ ބޭނުންވާ ވަރަށް މަޖްލީހުގެ ގޮނޑިތައް ރައްޔިތުން ސަރުކާރުގެ އަތުން ކަޅު ފައިސާ ނަގައިގެން ދީފިނަމަ ރައްޔިތުންނަށް އޭގެ ހިތި އަސަރުކުރާނޭ ކަން މިހާރު އޮންނާނީ ރަައްޔިތުންނަށް އެނގިފައި ނޫންތޭ އެމްޑީޕީ ވެރިކަަމަށް އައުމުގެ ކުރިން މާލޭ ހޮޓަލަކުން ކަޅު ސައިތަށްޓެއް ލިބެނީ 25 ލާރިއަށް ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ ވެރިކަމުގައި ކަޅުސައިތަށްޓެއް ލިބެނީ 20 ރުފިޔާ އަށް އެއީ އެންމެ ހެޔޮ އަގު ހެދުނުގެ ނާސްތާ އެއް 120 ރުފިޔާ ވެސް ނުލިބިގެންނޭ މިއުޅެނީ މިކަންކަން ދަންނާށޭ
ވެރިކަން ކުރާ ޕާރޓީ އަށް މަޖްލީހުގެ މެޖޯރިޓީ މިފަހަރު ރައްޔިތުން ދީފިނަމަ މުއިއްޒުގެ ސަރުކާރުން ޓެކްސް ބޮޑުކުރާނެ %25 އަށް އެއީ ޔަގީން ކަމެކޭ އެކަމުގެ އަލާމާތް ތައް ނޫންތޭ އެފެންނަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އުވާލާނަމޭ ކިޔާ ރޯބުހުތާނު ދޮގު ރައްޔިތުންނަށް ހަދައިގެން އެެޓެކްސް އަދި ވެސް ކަނޑާނުލުން ރައީސް މީހާ އަށް އޮންނާނެ ބާރުލިބިފައި ގަރާރެއް ނެރެގެން އެޓެކްސް ކަނޑާލުމުގެ ބާރު އެކަން ނުކޮށް ހުރި މީހަކު ބުނެގެން މަޖްލީސް މެޖޯރިޓީ ދޭން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ
އެމެރިކާގެ ބާރު ދުނިޔެއިން ނެތި ޔުނިޕޯލަރ ވޯލްޑްގެ ދުވަސް ދަނީ އަދި ޑިޑޮލަރައިޒޭޝަން ޕްރޮގްރާމް ވެސް ދަނީ ވަރަށް ހަލުވިކޮށް ކުރިއަށޭ ދެން އިންޑިއާ ސިފައިން ބާލަން ރައްޔިތުންގެ %95 ވޯޓްއިން އާންބަސް ބުނުުމުން ރައްޔިތުންގެ ބަހާއި ދެކޮޅަށް އެމެރިކާ އަށް އައިސް މުއިއްޒު ސަރުކާރުގެ ބޮޑުންނަށް ރިޝްވަތުދީ އަދި ބިރުނުދެއްކޭނެއޭ މީ ޕާކިސްތާނެއް ނޫނޭ މީ ދިވެހިރާއްޖެއޭ އެމެރިކާގެ ސައިޒުގައި އެމެރިކާ އާއި އިންޑިއާ ތިބެން ޖެހޭނީ ތަމެން ދެން މަހަށްދޭބަލަ..