މިފަހުން އަކްޝޭ ކުމާރު ދިވެހިންގެ މެދުގައި ނަން މަޝްހޫރުވީ ރާއްޖެއާއި ލަކްޝަދީބުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ. މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި އަކްޝޭ ހިމެނުނު ނަމަވެސް އޭނާއަކީ ބޮލީވުޑަށް ނުކުތުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހެކެވެ.

އެގޮތުން އަކްޝޭ ވަނީ، ފިލްމީތަރިއަކަށް ވުމުގެ ކުރިން އިންޑިއާގެ ސިޓީއެއް ކަމުގައިވާ ކަލްކަތާގައި ހުންނަ ޓްރެވަލް އޭޖެންސީއެއްގައި މަސައްކަތް ކޮށްފަ އެވެ.

އަދި އޭގެ ފަހުން ވެސް ގަހަނާ ވިއްކާ ފިހާރައެއްގެ ސޭލްސް މޭން އެއްގެ ވަޒީފާގައި ވެސް ދުވަސްތަކެއް ވަންދެން އޭނާ އުޅެފައިވެ އެވެ.

ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން އަކްޝޭ ވަނީ އޭނާގެ ހުވަފެންތައް ކާމިޔާބުކޮށް، އޭނާ ބޭނުންވާ މަންޒިލަށް އައިސްފަ އެވެ. އޭނާއަށް އިތުރު ދާއިރާތަކުން ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު މަސައްކަތެއް ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

އެންމެ ކުރާހިތްވާ މަސައްކަތަކީ އެކްޓު ކުރުން ކަމަށާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ބެލުންތެރިންނަށް ހިދުމަތް ކޮށްދިނުމުގައި އުމުރު ދުވަހު ދެމިހުންނާނެ ކަމަށް އަކްޝޭބުނެފައިވެ އެވެ.