ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނިންމަވައިފި އެވެ. އަދާލަތު ޕާޓީން ވަނީ އިމްރާނަށް ޓިކެޓު ވެސް ދީފަ އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މާޗް މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ޓިކެޓު ދިނުމަށް ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލިހުގެ 33 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ ބޭފުޅުންނަށް ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނި ގޮތުގައި ވައިކަރަދޫ އަށް ވާދަކުރަނީ ހދ. ވައިކަރަދޫ، ހިސާން، ހުސެއިން ސަގީފެވެ. ފުނަދޫ ދާއިރާ އަށް ވާދަކުރަނީ ހުޅުމާލެ އިތާ ރ-18/04, އިސްމާއިލް ހަމީދެވެ. އިނގުރައިދޫ ދާއިރާ އަށް ވާދަކުރާނީ ރ. އިނގުރައިދޫ، ދެކުނުގެ އިސްމާއިލް އަލީ އެވެ.
އިސްތިއުފާ ދެއްވި ގިނަ މިނިސްޓަރުން ތިއްބެވީ "ވާނުވާ"ގައި
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!