ވެމްކޯގެ އަހަރީ ދުވަހާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ވެމްކޯ އިން އިން ބުނީ މާލެ ސަރަހައްދުގައި މި ބަދަލު ގެނައީ ފެބްރުއަރީ 1 ވަނަ ދުވަހު އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ކަންތައްތަކެއް އެ ކުންފުނިން ކުރަން ނިންމާފައިވާތީ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ޓްރާންސްފާ ފެސިލިޓީސް، ކުނިނެގުމުގެ ޚިދުމަތް އަދި ޑިސްޕޯސަލް ސައިޓްގެ ހިދުމަތް ދޭ ގަޑިތަކަށްވަނީ ބަދަލު ގެނެސްފަ އެވެ.
ފެބުރުއަރީ ފުރަތަމަ ދުވަހު ކުނި ނަގާ ގަޑިތައް
- މާލެ ވޭސްޓް ޓްރާސްފަ ސްޓޭޝަން 8:00 އިން 17:00 އަށް
- މާލެ ހައުސްހޯލްޑް ކަލެކްޝަން 14:00 އިން 17:00 އަށް
- ކޯލް އެންޑް ޕިކްއަޕް ސާވިސް 9:00 އިން 16:00 އަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން 8:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް2) 7:00 އިން 15:00 އަށް
- ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން 8:00 އިން 17:00 އަށް
- ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް 8:30 އިން 17:00 އަށެވެ.
ވެމްކޯ އާއި އަދި ބައެއް ތަންތަނުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުނި ނަގަމުން ދިޔަ ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ކުނި އަޅާފައި ހުރުމަކީ ހައްލު ނުވެ އޮންނަ އާންމުންގެ ބޮޑު ޝަކުވާ އެކެވެ.