ގާތްގަނޑަކަށް ހަތް އަހަރު ދުވަހު ބޮލީވުޑްއާ ދުރުގައި ހުރުމަށްފަހު ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބޮލީވުޑަށް އެނބުރި އަންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ހަބަރުތައް ބުނާ ގޮތުގައި އަހަރުތަކަކަށްފަހު އާތިފްގެ އެންމެ ފުރަތަމަ ޕްރޮޖެކްޓަކަށް ވާނީ ސަންގަނީ މޯޝަން ޕިކްޗާސްގެ ދަށުން އުފައްދާ ލޯބީގެ ފިލްމެކެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރުން ބުނީ ފިލްމަށް ލަވަކިޔައިދޭން އާތިފް އެއްބަސް ކުރުވަން ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިވި ކަމަށާއި ފިލްމުގެ ވާހަކައަށް ބަދަލުތައް ވެސް ގެންނަން ޖެހުނު ކަމަށެވެ.
މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން އާތިފް ބޮލީވުޑުން ދުރަށްދިޔައީ އިންޑިއާގެ ޕުލްވަމާއަށް ދިން ހަމަލާތަކުގައި އިންޑިއާގައި މަސައްކަތްކުރާ ޕާކިސްތާނުގެ އާޓިސްޓުންގެ އަތެއް ވާކަމަށް ބުނެ ބޮލީވުޑުން ޕާކިސްތާނުގެ އާޓިސްޓުން ބޮއިކޮޓް ކުރުމުންނެވެ.
އާތިފް އަސްލަމްއަކީ ދެހާހުގެ ކުރީކޮޅުން ފެށިގެން މަޝްހޫރު ގިނަ ހިންދީ ލަވަތައް ކިޔައިދީފައިވާ ފަންނާނެކެވެ. އޭނާގެ ލަވަތަކަކީ ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ލަވަތަކެކެވެ.
ހަށިގަނޑު ރީތިކުރަން ބޭސްކުރި ކަމަށް އިމްރާން އެއްބަސްވި!
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!