ވައިގެ އުނދަގުލަކީ ކޮންމެ މީހަކަށް ވެސް ހަޔާތުގައި އެކި ފަހަރު މަތިން ކުރިމަތިވާ އުނދަގުލެކެވެ. ނަމަވެސް އާދަކޮށް ވައިގެ އުނދަގޫތައް ކުރިމަތިވާނަމަ އޭގެ ފަހަތުގައިވާ ސަބަބު ހޯދަން ޖެހެ އެވެ.

މާ ގިނައިން ވައި އެތެރެވުން

މާ ގިނައިން ހަށިގަނޑަށް ވައި ވަނުމަކީ ވެސް ގޭސް އުފެދުމަށް މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް ޗުވިންގަމުންނާއި ސިނގިރޭޓު ބުއިމުން އަދި އަވަހަށް ކައި އުޅުމުގެ ތެރޭގައި ވައި ވަދެ ގޭސް ވެދާނެ އެވެ.

ކެވޭ ބާވަތްތައްކެއުމަށް ބޭނުންކުރާ ތަފާތު އެއްޗެހީގެ ސަބަބުން، އެ ތަކެތި ހަޖަމުކުރުމުގެ ނިޒާމަށް އުނދަގޫވާ ގޮތް ވުމުން ވެސް ވައި އުފެދޭނެ އެވެ. ހަށިގަނޑުގައި ވައި އުފެދުމަށް ތަފާތު އެކި ކަހަލަ ކާނާ އާއި ކެއުމުގެ އާދަތައް މެދުވެރިވެ އެވެ. އޭގެ ތެރޭގައި

  • ކުޅިގަދަ ކެއުންތައް
  • ކާބޮނޭޓަޑް ބުއިންތައް
  • ތެޔޮ ގިނަ ކެއުންތައް

ހައްލަކީ ކޮބާ؟

މީހާ އަބަދު ގޭސްވާ ނަމަ އެ ކަމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކުރިން ތައްޔާރުވުމެވެ. ހަށިގަނޑަށް ރަނގަޅަށް ފަރުވާތެރިވެ، ޑައިޓް ވަކި ގޮތެއްގައި ހިފަހައްޓާ ނަމަ ގޭސް ވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.

ވައިގެ އުނދަގޫތައް މަދުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވީހާ ވެސް ގިނައިން ފެން ބުއިމެވެ. ކާއިރު ގިނައިން ފެން ބުއިމަކީ ކާނާ ރަނގަޅަށް ހަޖަމުވުމަށް ވަރަށް ބޮޑު އެހީއެކެވެ. ފެން ބޯއިރު ވެސް ކޮންމެވެސް ވަރަކަށް ވައި އެތެރެ ވެދާނެ އެވެ. އެ ކަމަށް އޮތް ހައްލަކީ އަވަހަށް ފެން ބުއިމުގެ ބަދަލުގައި ލަސްލަހުން މަދުން ފެން ބުއިމެވެ.

ދެން ކުރަންވީ ކަމަކީ ކެއުމަށް ބޭނުންކުރާ އެއްޗިއްސަށް ބަލައި ޑައިޓް ބަދަލުކުރުމެވެ. ތަރުކާރީ ބޭނުންކުރާ ވަރު އިތުރުކޮށް، ތެލުލި އެއްޗެހީގެ ބަދަލުގައި ފިހުނު ބާވަތްތަކަށް އިސްކަން ދިނުމަކީ ވެސް ވައގެ އުނދަގޫތައް ދުރުކޮށްދޭނެ ކަމެކެވެ.