ސިއްހަތަށް ފައިދާހުރި ކޮންމެ ކާނާ އަކީ ކޮންމެ ގަޑިއެއްގައިވެސް ކެއުން ރަނގަޅު އެއްޗެއް ކަމުގައި ގިނަ ބައަކަށް ހީވެފައި އޮވެ އެވެ. އެކަމަކު ބައެއް ކާނާ ކެއުމުގައި އެންމެ އޭގެން އެންމެ ފައިދާވާ ގަޑި ތަކެއް ހުރެއެވެ. އެގޮތުން:

ދޮންކެޔޮ

ދޮންކެޔޮ ކެއުން އެންމެ ރަނގަޅީ މެންދުރު ކެެއުމާ އެކު އެވެ. އޭރުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް މަދު ކޮށްދިނުމުގެ އިތުރުން ހަމުގެ ކުލަ އަލި ކޮށްދެ އެވެ. ނިދުމުގެ ކުރިން ނުވަތަ ރޭނގަޑު ކެއުމުގައި ދޮންކެޔޮ ހިމެނުން ރަނގަޅެއް ނޫނެވެ. ހަޖަމު ކުރުމަށް އުދަނގޫ ވާނެތީ އެވެ.

އާފަލު

އާފަލު ކެއުން އެންމެ ރަނގަޅީ ހެނދުނުގެ ނާސްތާއާއެކު ނުވަތަ ހޭލުމަށްފަހު ހުސްބަނޑާ ހުރެ އެވެ. އެއީ އާފަލުގައި ހިމެނޭ ޕެކްޓިންގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ އަދި ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދޭތީ އެވެ. ރޭނގަޑުގެ ކެއުމުގައި އާފަލު ހިމެނުމުން ހަޖަމު ކުރުމަށް އުދަނގޫވެ ބަނޑުގައި ވިހަ މާއްދާ ތަކެއް އުފައްދައިދެ އެވެ. އެހެންކަމުން ނިދުމުގެ ކުރިން ނުވަތަ ރޭނގަޑު ކެއުމުގައި އާފަލު ނުހިމަނާށެވެ.

ކިރު

ކިރު ބުއިން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ނިދުމުގެ ކުރިން ހޫނު ކިރު ސައިތަށްޓެއް ބުއިމުން ނިދުމަށް އެހީވެދެ އެވެ. ހެނދުނު ކިރު ބޭނުން ކޮށްފިނަމަ ހަށިގަނޑު ލޮޑުވެ މުޅި ދުވަހު ވަރުބަލިކަން އިހުސާސްވާނެ އެވެ.

ޑާކް ޗޮކްލެޓް

ޑާކް ޗޮކްލެޓް ކެއުމަށް އެންމެ ރަނގަޅީ ހެނދުނު ވަގުތެވެ. އެއީ ޑާކް ޗޮކްލެޓްގައި ހިމެނޭ އެންޓިއޮންސިޑެންޓްސްގެ ސަބަބުން މުސްކުޅިވުމުން ދުރުކޮށް ހިތުގެ ބަލިތަކުން ވެސް ދުރުކޮށްދޭތީ އެވެ. ދެ ނާސްތާ ދެމެދުގައި ނުވަތަ ކެއުމުގެ ފަހުން ޑާކް ޗޮކްލެޓް ކައިފި ނަމަ ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު އިތުރުވެ އެވެ.