ބޮޑެތި ބަދަލުތަކެއްގެ ގެނެސް، ކިޔުންތެރިންނަށް ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްފައިވާ "ހުރިހާ"ގެ އާ ވެބްސައިޓް ރޭ ލޯންޗްކޮށްފި އެވެ.

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް "ހުރިހާ"ގެ އާ ވެބްސައިޓް ލޯންޗްކުރީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ވީހާ ވެސް ގިނަ ކިޔުންތެރިން ޝައުގުވެރިކުރުވާނެ ސިފަތައް ހިމަނައިގެންނެވެ.

ސެޕްޓެމްބަރު 1، 2020 ގައި ލޯންޗްކުރި ނޫހުގެ މުޅި ވެބްސައިޓްގެ ޑިޒައިނާއި އާޓިކަލްތަކުގެ ފޮންޓާއި އިސްތިހާރުތަކުގެ ލޭއުޓް ވަނީ ބަދަލުކޮށް، ދުނިޔޭގެ މަޝްހޫރު ބައެއް ނޫސްތަކުގައި ހިމެނޭ ފީޗާސްތައް ވެސް ހިމަނައިފަ އެވެ.

"ނޫހުގެ ވެބްސައިޓްގެ ޑިޒައިން ބަދަލުކުރީ ނޫސްވެރިކަމުގެ އެންމެ ޒަމާނީ ސިފަތައް ހިމެނޭ ކިޔުންތެރިންނާ ގާތް ގޮތްތަކެއް ހިމެނުމަށް. މިގޮތުން ނޫހުގެ ވެބްސައިޓަށް އިތުރު ވަރަށް ގިނަ ފީޗާސްތައް ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އަންނާނެ،" ހުރިހާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ހުރިހާ"އިން އަންނަނީ ދިވެހިންގެ ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ގޮތަށް، ޝައުގުވެރިވާނެ ހަބަރުތަކާއި ރިޕޯޓް، މުނިފޫހިފިލުވުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮބަދަލު ގެންނާނެ ލިޔުންތައް ވެސް ކޮންމެ ދުވަހަކު ގެނެސްދެމުންނެވެ.