އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކުރުން ހުއްޓާލާފައި ނުވާކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ލޯނު ދިނުން ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ލޯނު ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ، ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެސްޑީއެފްސީން ބުނީ އެ ބޭންކުން ދޫކުރަމުން ގެންދާ ލޯނުތައް އިތުރުވެސް ކޮށްފައިވާކަމަށެވެ. އެގޮތުން "ކަނޑުފަޅު ނަފާ" ލޯނުގެ ދަށުން ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ލޯނެއް ތައާރަފްކޮށްފައިވާކަމަށް އެ ބޭންކުން ބުންޏެވެ. އަދި "ދަނޑުވެރި ނަފާ" ލޯނާއި އަންހެނުން ޝާމިލްވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ލޯނަށް ހުށަހެޅޭނެ ކަމަށް އޭނާ ބުންޏެވެ.

އެ ލޯނުތަކަށް އެ ބޭންކުގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް ކަމަށް އެސްޑީއެފްސީން ބުންޏެވެ. ލޯނަށް އެދި ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދިނުމަށް ސަރުކާރުން އުފެއްދި ބޭންކެކެވެ.