ތ. ވޭމަންޑޫގައި ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 63 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެ ރަށު ކޯޓުން ކުއްލިއަކަށް ވަނީ ދޫކޮށްލައިފަ އެވެ. އެމީހާ ދޫކޮށްލި ކަމުގައި ވިޔަސް، މައްސަލައިގެ ޝަރީއަތް އަދިވެސް ހިނގަ އެވެ.
ފިރިހެން މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.
އެ މީހާ ދޫކޮށްލި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއިން މެދުއިރުމަތި ނުރައްކާތެރި ފައްތަރަކަށް ވައްޓާލަނީ
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި