ރޯދަމަހު ރޯދައަށް ހުރެގެން ކަސްރަތު ކުރުމަކީ ސިއްހީ ގޮތުން ކޮން ކަހަލަ ކަމެއްތޯ ގިނަ މީހުން ސުވާލު ކުރެ އެވެ. ޖަވާބަކީ ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެ އެވެ. އެކަމަކު އާދައިގެ މަސްމަހު ކަސްރަތު ކުރާ ގޮތާ ކުޑަކޮށް ތަފާތު ކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އެގޮތުން އާންމު މަސްމަހުގައިވެސް ކަސްރަތު ކުރާ ފަރާތްތަކުން ހުއްޓާ ނުލާ ރޯދަ މަހުވެސް ކަސްރަތުކުރުން މުހިންމު ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.
އެގޮތުން ރޯދައަށް ހުރެގެން ލޯ އަދި މޮޑަރޭޓް އިންޓެންސިޓީ ވޯކްއައުޓްއެއް ކުރެވިދާނެ ކަމަށާއި މިކަމުގައި އެއްވެސް ސިއްހީ ނުރައްކަލެއް ނެތް ކަމަށް މާހިރުން ބުނެ އެވެ.
ރޯދައަށް ހުންނައިރު ހައި އިންޓެންސިޓީ ވޯކްއައުޓް ކުރާނަމަ ހަށިގަނޑުގައި ފެން މަދުވެ ބްލަޑް ޕްރެޝަރު ދަށްވެ. ހަކުރުގެ މިންވަރު ތިރިވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އެގޮތަށް ކަންތައް ވާނަމަ ރޭގަނޑު ގަޑީގައި ކަސްރަތުކުރުން މުހިއްމެވެ.
ރޯދަމަހު ކަސްރަތުކުރުން ރަނގަޅު ބައެއް ގަޑިތަކުގެ ތެރޭގައި އިރުއޮއްސުމުގެ 90 މިނިޓް ކުރިންނާއި ރޯދަ ވީއްލައިގެން ގަޑިއެއްހާއިރު ފަހުންނާއި ރޭގަނޑު 11-2 ދެމެދު އަދި ފަތިހު 5-7 ދެމެދު ހިމެނެ އެވެ.
އެގޮތުން ރޯދަމަ ކަސްރަތު ކުރުން އެންމެ ރަނގަޅީ ރޯދަ ވީއްލަން ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުމަށް ފަހުން އެއްގަޑިއިރު ފަހުން ކަމަށް މާހިރުން ބުނެ އެވެ.