އަނެއްކާވެސް އިތުރު ދެ މީހަކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު ނެރުނު އެންމެ ފަހުގެ އަދަދުތަކުން ދައްކާގޮތުން ހަވީރު 6:00 އާ ހަމަޔަށް އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދުވަނީ 60 އަށް ވަނީ އަރައިފަ އެވެ.

އެއީ ހިތަދޫން ޕޮޒިޓިވްވި 20 މީހަކާއި، ފޭދޫން ޕޮޒިޓިވް 11 މީހަކާއި، މަރަދޫފޭދޫން ޕޮޒިޓިވް 4 މީހުން، އަދި ހުޅުދޫ މީދޫން ޕޮޒިޓިވްވި 15 މީހުންނެވެ.

އެ ސެންޓަރުން ބުނިގޮތުގައި މިހާރު އައްޑޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އައްޑޫގައި މިވަގުތު 60 އެކްޓިވް ކޭސް އޮތްއިރުމ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 341 މީހަކު އެބަ ތިއްބެވެ. އަދި 185 އިމާރާތްވަނީ ކަރަންޓީނު ކުރެވިފަ އެވެ.

ކޮވިޑްގެ ގިނަ ކޭސްތަކެއް އައްޑޫން ފެނުމުގެ ސަބަބުން އެސިޓީއަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.